ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ

      1445 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު ހުކުރު މިސްކިތުގައި ޙިފުޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެއުމަށް ހަމަޖެހިފައިވާ ޙާފިޡު މިރަށުގައި ހުންނަވާ 01 މަސްދުވަހުގެ މުއްދަތަށް ހުރުމާއި، ކެއުމުގެ ކަންތައްތައް ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމަށް އެފުރުޞަތު ހުޅުވާލަމެވެ.

 

ވިމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަން ކޮށްދެއްވިދާނޭ އަގު 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އަދި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއދާރާގެ އީމެއިލް info@fainu.gov.mv މެދުވެރިކޮށް ނުވަތަ މިއިދާރާގެ ނަމްބަރ 4000311 ފޯނާއި ގުޅުއްވުން އެދެމެވެ.

 

09 ޝައުބާން 1445

21 ފެބްރުއަރީ 2024

ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ ޙާފިޡުގެ ހުރުމާއި، ކެއުން ހަމަޖައްސައިދޭނޭ ފަރާތެއް ހޯދުމާއި ބެހޭ Reviewed by ފައިނު ކައުންސިލް އިދާރާ on 10:25 PM Rating: 5

No comments:

Powered by Blogger.