ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އައިޑީކާޑް ހެއްދުމުގެ ޚިދުމަތް

ފައިނު ކައުންސިލް އިދާރާއިން އައިޑީކާޑް ހެއްދުމުގެ ޚިދުމަތް ލިބިލައްވާނީ ރަސްމީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށެވެ. މިޚިދުމަތް ލިބިގަތުމަށް އެކަމަށް ޙާއްސަ ކުރެވިފައިވާ ފޯމް ފުރުއްވަން ޖެހިވަޑައިގަންނަވާނެއެވެ.


ފޯމާއިއެކު ހުށައަޅަންޖެހޭ ތަކެތި
އަލައްކާޑު ހަދާނަމަ
  • އުފަން ދުވަހުގެ ސެޓްފިކެޓުގެ އަސްލު
  • މާލެ ނުވަތަ އެއްވެސް ރަށެއްގެ ދަފްތަރުގައި ޖައްސާފައިވާނަމަ އެރަށެއްގެ ދަފްތަރު ސެޓްފިކެޓްގެ އަސްލު
  •  މާލެ  ގެއެއްގައި ރެޖިސްޓްރީ ކުރެވިފައި ވާނަމަ، އެގެއެއްގެ ރަޖިސްޓްރީގެ އަސްލު
  •  އަތޮޅުތަކުން ރަށެއްގެ ގޭގައި ރެޖިސްޓަރ ކޮއްފައި ވާނަމަ އެގެއެއްގެ ރެޖިސްޓްރީ، (ރެޖިސްޓްރީ އަތުގައި ނެއްނަމަ ރަށުއޮފީހުގައި އެގޭގެ ރެޖިސްޓްރި މިޑިޕާރްޓްމަންޓައް ފެކްސް ކޮއްދެއް ވުމަށް އެދި ދެންނެވިދާނެއެވެ.)
  • މަންމަ ނުވަތަ ބައްޕަ އަކީ ދިވެހި ރައްޔިތެއް ނޫންނަމަ، އެބެލެނެވެރިއެއްގެ ޕާސްޕޯޓް.
  • ނޯޓް: ކާޑު ހަދައިދެވޭނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅުމަށް ކަނޑައަޅާފައިވާ ރަށެއްގެ ގެއެއްގައި ނުވަތަ ދަފްތަރެއްގައި ރެޖިސްޓްރީ ކުރުމައް ފަހުގައެވެ.
ހަލާކުވެގެން ނުވަތަ މުއްދަތު ހަމަވެގެން
  • އެންމެފަހުން ހެދި އައިޑީކާޑު
ކާޑުގެއްލިގެން
  • ފޯމާއިއެކު އެހެންލިއުމެއް ބޭނުމެއްނުވާނެއެވެ.
މައުލޫމާތު ބަދަލުވެގެން
  • މައުލޫމާތު ބަދަލުވިކަމުގެ ހެއްކެއްގެ ގޮތުގައި ބަދަލުކޮއްފައި ވާމައުލޫމާތު ހިމެނޭ ލިއުމުގެ އަސްލިކޮޕީ
(މިސާލަކަށް : ނަން ބަދަލުވެފައި ވާނަމަ، ބަދަލުކޮއްފައިވާ އުފަންދުވަހުގެ ސެޓްފިކެޓް. ނުވަތަ ގޭގެ ރެޖިސްޓްރީ ބަދަލު ވެފައިވާނަމަ އަލަށް ރެޖިސްޓަރް ކުރި ގޭގެ ރެޖިސްޓްރީ)

ކާޑުހެދުމަށް ނަގާ އަގުތައް
އަލައްކާޑުހެދުން އަދި 10 އަހަރުންދަށުގެ ކާޑު ހަދާފައިވާ ކުދިންނަށް 10 އަހަރުފުރިގެން ކާޑުހެދުން
ހިލޭ
ލެމިނޭޓް ކާޑު އާކުރުން
ހިލޭ
ކޮމްޕިއުޓަރައިޒްޑް ކާޑު އާކުރަން(މުއްދަތު ހަމަވެގެން)
150 ރުފިޔާ
މުއްދަތު ހަމަވުމުގެކުރިން ޢާއްމުނަން، ފޮޓޯ، ނުވަތަ ސޮއި ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން
150 ރުފިޔާ
މައުލޫމާތު ބަދަލުކުރަން(ފުރިހަމަނަން، އުފަންތާރީޚް، ދާއިމީ އެޑްރެސް)
50 ރުފިޔާ
ކާޑު ގެއްލިގެން
250 ރުފިޔާ
ފުރިހަމަ ނަން، އުފަންތާރީޙް، ދާއިމީއެޑްރެސް ބަދަލުވެގެން ކާޑުއާކުރުން(10 އަހަރުން ދަށް)
50 ރުފިޔާ
މުއްދަތުހަމަވުމުގެ ކުރިން ފޮޓޯ ބަދަލުކުރުންފަދަ ކަމެއްގައި އާކުރުން(10 އަހަރުން ދަށް)
100 ރުފިޔާ
ދައުލަތުގެ ފަރާތުން ހަމަޖައްސާ ކަމެއްގެ ސަބަބުން ކާޑުގައި ހިމެނޭއެއްވެސް މައުލޫމާތަކަށް ބަދަލެއް އައިސްގެން އާކުރުން
ހިލޭ
އައިޑީކާޑް ހެއްދުމުގެ ޚިދުމަތް އައިޑީކާޑް ހެއްދުމުގެ ޚިދުމަތް Reviewed by ފައިނު ކައުންސިލް އިދާރާ on 10:00 AM Rating: 5
Powered by Blogger.