ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކޯޕަރޭޓް އެފެއަރޒް ސެކްޝަން


ޔުނިޓުން ކުރާ މަސައްކަތްތައް:
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނާއި ރަށު ކައުންސިލްގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލްގެ ސެކެޓޭރިއެޓް ބެލެހެއްޓުމާއި އިދާރާ ހިންގުން
  • ކައުންސިލުން ނިއްމާއެއްމެހާ ނިންމުންތައް ތަންފީޒްކުރުމަށްޓަކައި އިހްލާސްތެރިކަމާއިއެކު ސިވިލްސާވިސްގެ ގަވާއިދާއެއްގޮތައް ކައުންސިލްގެ މަގުޞަދު ހާސިލްކުރުމަށްޓަކައި މުވަޒަފުން ހަރަކާތްތެރިކުރުވުން
  • ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލެއްގެމަތިން އަދި ކައުންސިލްގެ ހިންގާ ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކައުންސިލަރުންގެ އަދި ދިވެހި ސިވިލްސާރވިސްގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ސިވިލް ސާވިސްގެ މުވަޒަފުންގެ ކަންކަން ބެލެހެއްޓުން
  • ކައުންސިލްގެ މުދަލާއި ތަކެތި ނީލަންކިމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން
  • އިންފޮމޭޝަން ޓެކްނޮލޮޖީ އާއި މުވާސަލާތާއިބެހޭ އެއްމެހާ ކަންކަންކުރުން
  • އެއްގަމާއި ކަނޑުގައިދުއްވާ އެއްޗެހީގެ ލައިސަންސްއާއި ރޯޑްވާތިނެސް އާއިބެހޭ ކަންކަން ކުރުން
  • ފުރާ ފުއްވާތަކެތީގެ ރަޖިސްޓްރީއާއިބެހޭ ކަންކަން ބެލެހެއްޓުން
  • ކައުންސިލަށް ލިބޭ އާއްމުދަނީއާއި އާއްމުދަނީ ލިބޭ ވަޞީލަތްތަކުގެ ދަފުތަރު ބެލެހެއްޓުން
  • ކައުންސިލަށް ލިބެންޖެހޭ އާއްމުދަނީ ކަނޑައަޅާފައިއޮންނަ އުޞޫލުން ބަރާބަރަށް ހޯދުމަށް މަސައްކަތްކުރުން ހަވާލުކުރަންޖެހޭ ފައިސާ އެކަފަރާތްތަކާއި ހަވާލުކުރުން
  • ކައުންސިލްގެ ނަމުގައި ހުޅުވާފައިހުންނަ އެކައުންޓް ތަކުގެ ބެލެންސް ބެލެހެއްޓުމާއި،ކައުންސިލުން އެކިއެކި ކަންކަމަށް ހުޅުވާފައިހުންނަ ޓްރަސްޓް ފަންޑްތަކުގެ ބެލެންސް ބެލެހެއްޓުން އަދި ހަމަޖެހިފައިއޮންނަ އުޞޫލުން ފައިސާގެ ހިސާބުތައް އާއްމުކުރުން
  • ކައުންސިލްގެ ހިންގާ ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށައެޅުން
  • ކައުންސިލުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި އެރިޕޯޓްތައް ކައުންސިލަށް ހުށައެޅުން އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ރަށުގެ މީހުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން
  • ބޯހިމެނުމާއިގުޅޭ އެއްމެހާ މަސައްކަތްކުރުން
  • އިންތިހާބްތަކާއިބެހޭ އެއްމެހާމަސައްކަތްކުރުން
  • ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އުޞޫލެއްގެ މަތީން ކައުންސިލްގެ އިދާރާ ހޮޅުވާލެއްޕުން
  • ކައުންސިލްގެ އިދާރާއިން ބަލައިގަންނަންޖެހޭ ފައިސާ ބަލައިގަތުމާއި،ފައިސާ ބެހެއްޓުމާއި ފައިސާ ހަރަދުކުރުމުގެ ކަންކަން މާލިއްޔަތުގެ ގާނޫނާއި ގަވާއިދާއެއްގޮތައް ކުރުން
  • ކައުންސިލްގެ އިދާރާއަށް އަންނަ މެސެޖް،ސިޓީ، ބިލް އަދި މިނޫންވެސް ލިޔުންތައް ބަލައިގަނެ ވެރިޔާއަށް ދެއްކުމަށްފަހު އެންޓްރީ ކުރެވި ކަމައިބެހޭ ސެކްޝަނާއި ހަވާލުކުރުން
  • ކައުންސިލުން މުސާރަދޭ މުވަޒަފުންގެ މުސާރަ ސީޓްތައް ތައްޔާރުކުރުކޮށް ފޮނުވުމާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެމަތީން މުސާރައާއި އެލަވަންސް ހަވާލުކުރުން
  • އެކި ފަރާތްތަކަށް ކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓަތަކާއި ކައުންސިލުން އެކުލަވާލަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން
  • ރަށު ކައުންސިލްގެ ފަރާތުން ބާއްވާ ޖަލްސާތަކާއި ސެމިނާރތަކަށް ތައްޔާރުވުމުގައި އެހީތެރިވުން
  • މުވަޒަފުންގެ ރިކޯޑްތައް ބެލެހެއްޓުން
  • މުވަޒަފުންނާއިގުޅޭގޮތުން ބާއްވާ މީޓިންތަކުގެ ޔައުމިއްޔާ ލިޔެބެލެހެއްޓުން
  • ކައުންސިލަށް ހޯދަންޖެހޭ މުދަލާއި ހިދުމަތްތައް ގަވާއިދާއެއްގޮތްވާނެގޮތުގެމަތީން ކުރިއަށް ގެންދިއުން
  • އުފަންވުން ރަޖިސްޓްރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑް ހެދުމުގެ މަސައްކަތްކުރިއަށްގެންދިއުން
  • ކައުންސިލްގެ އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިހުންނަ ތަންތަނުގެ ސްޓޮކާއި އިންވެންޓްރީ ބަރާބަރަށް ބެލެހެއްޓުން
  • ދީނީ ގޮތުން ކުރަންޖެހޭ އެކިއެކި ކަންކަންކުރުމާއި،ހުކުރު،ޢީދު އަދި ކޭތަ ނަމާދުފަދަ ނަމާދުތައްކުރުމަށް ކުރަންޖެހޭ ކަންކަންކުރުން އަދި ޢީދު ރޯދައަށް ހަނދުބެލުމުގެ ކަންކަންއިންތިޒާމްކުރުމާއި ޒަކާތާއިގުޅޭ އެއްމެހާ ކަންކަންކުރުން



ކޯޕަރޭޓް އެފެއަރޒް ސެކްޝަން ކޯޕަރޭޓް އެފެއަރޒް ސެކްޝަން Reviewed by ފައިނު ކައުންސިލް އިދާރާ on 8:34 PM Rating: 5
Powered by Blogger.