މާޅޮސްމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދެކުނުން ދެވަނައަށް އޮންނަ އަތޮޅުގެ އެންމެ ބިން ބޮޑު އެއް ރަށެވެ. ބޮޑުމިނުގައި 66.6 ހެކްޓަރ ހުންނަ މިރަށާއި މާލެއާއިދެމެދު 153.38 ކިލޯމީޓަރ ވާއިރު އަތޮޅުގެ ވެރިކަންކުރާރަށް އުނގޫފާރާއި ދެމެދުގައިވަނީ 22.81 ކިލޯ މީޓަރެވެ. މިރަށުގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެތިބި، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ބޯލަނބާ ކިޔަމަންތެރި ރައްޔިތެކެވެ.