ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާވިސް ސެކްޝަން


ޔުނިޓްގެ މަސައްކަތްތައް:
  • ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ބިނާތަކާއި އެބިނާތަކުގެ އިންވެންޓްރީއާއި ދަފުތަރެއް އެކުލަވާލާ ލިޔެބެލެހެއްޓުން
  • ރައްޔިތުންނަށް އެކަށީގެންވާ ރަގަނޅު ކަރަންޓްގެ ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެހިދުމަތް ދިނުމަށް ހަވާލުކުރެވިފައިވާ ފަރާތުންދޭ ހިދުމަތް މޮނިޓަރކުރުމާއިއެކު އެކަމާއިގުޅޭގޮތުން މިއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ރައްޔިތުންގެ ބައިވެރިވުމާއިއެކު ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް އެހީތެރިވުމާއި،އެޕްލޭން ތަންފީޒްކުރުމުގެ މަސައްކަތްކުރުން
  • ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާ އެކިއެކި ޕްރޮގްރާމްތައް ތައްޔާރުކުރުމާއި ޕްރޮޖެކްޓްތައް އެކުލަވާލުމާއިއެކު އެޕްރޮގްރާމްތަކަށާއި ޕްރޮޖެކްޓްތަކަށް ފަންޑް ހޯދުމަށް އެކިފަރާތްތަކަށް ހުށައަޅާ މަސައްކަތްކުރުން
  • ކައުންސިލް އިދާރާއަށް ހުށައެޅޭ މައްސަލަތައް ބަލާ،ތަހްޤީގީ އިދާރާތައް މެދުވެރިކޮށް މައްސަލަތައް ބެލުމާއި،ކައުންސިލުން ދައުވާކުރަންޖެހޭ މައްސަލަތަކާއި ކައުންސިލަށް ދައުވާލިބޭ މައްސަލަތަކުގައި އަލަންޖެހޭ ފިޔަވަޅުތައް އެޅުން
  • ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށްޓަކައި ކުއްކުރުން މަދުކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި، އެކިއެކި މައްސަލަތަކުގައި ބަންދުކުރެވޭ ފަރާތްތަކާއި ރަށަށް ފޮނުވާލެވޭ ފަރާތްތަކާއި،މީގެ އިތުރުން ވަކީލުން އައްޔަންކުރަންޖެހޭ ފަރާތްތަކުގެ ކަންކަންބެލެހެއްޓުން
  • ބިމާ ބެހޭގޮތުން ކައުންސިލަށް ހުށައެޅޭ މައްސަލަތައް ދިރާސާކުރުމާއި،ބިން ހެޔޮގޮތުގައި ބޭނުންކުރުމަށްޓަކައި އެކަށައަޅަންޖެހޭ ޕްލޭންތައް އެކަށައެޅުމާއި،ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޟޫލުން ހިންގުމުގެ ގާނޫނުގައިވާގޮތުގެމަތީން ބިމާއިބެހޭ އެއްމެހާކަންކަން ހިންގާ ބެލެހެއްޓުން
  • ކައުންސިލްގެ ނަމުގައިހުންނަ ބިންތަކާއި އެކިއެކި ބޭނުމަށް ކައުންސިލުން ދޫކުރާ އަދި ހަވާލުކުރާ ބިންތަކުގައި ހުންނަ ރުއްގަސް ނެގުމާއި،ކެނޑުމާއި އެފަދަތަކެއްޗަށް ބަދަލުދިނުމާއިގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން
  • ރަށުގެ ތިމާވެށި ހިމާޔަށްކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށާއި،ފަޅު އަދި ފަރު ހިމާޔަށްކުރުމަށްޓަކައި މަސައްކަތްކުރުމާއި،ރަށުން ވެލި އަދި އަކިރި ފަދަ ބާވަތްތައް ދޫކުރުމުގައި ކުރައްވަންޖެހޭ ކަންކަންކުރުން
  • ރަށު ކައުންސިލްގެ ފަރާތުން ބާއްވާ އިންތިޒާމްކުރާ އެކިއެކި ބައްދަލްވުންތަކާއި،ޖަލްސާ ސެމިނަރ ފަދަ ކަންކަން އިންތިޒާމްކުރުމާއި މިފަދަ ބައްދަލްވުންތަކަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ބެލެހެއްޓުން
  • ރަށުގެ އަމަން އަމާންކަމާއި، ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެއްމެހާ ފިޔަވަޅުތައްއަޅާ ރައްޔިތުންގެ މެދުގައި އާއްމު މަސްލަހަތު ހިފެހެއްޓުމަށް މަސައްކަތްކުރުމާއި ކައުންސިލާއި އެކއެކި ފަރާތްތަކާއިއޮންނަގުޅުން ހަރުދަނާކުރުމުގެ މަސައްކަތްކުރުން
  • ކުޑަކުދިން، ނުކުޅެދުންތެރިކަން ހުންނަފަރާތްތައް،އުމުރުންދުވަސްވާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމާއި،އަންހެނުންނަށް ކުރާ އަނިޔާއިން އެފަދަފަރާތްތައް ހިމާޔަށްކޮށް ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުން
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގައި އުފެދިފައިވާ ކުލަބް ޖަމްއިއްޔާ ޖަމާޢަތްތަކައިގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން
  • ކައުންސިލުން ފާހަގަކުރުމަށް ކަނޑައަޅާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން
  • ކައުންސިލް އިދާރާގެ ދުވަހު ޔަޢުމިއްޔާ އަދި ކައުންސިލުންބާއްވާ އެކި ބައްދަލްވުންތަކާއި މުހިއްމު ކަންކަމުގެ ޔައުމިއްޔާ ލިޔެބެލެހެއްޓުން
  • މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި އެނޫންވެސް ސިނާއަތްތައް ކުރިއެރުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްކުރުމާއި އެފަދަ ސިނާޔަށްތަކުން އުފައްދާ ބާވަތްތަކާއި ދެވޭ ހިދުމަތްތަކުގެ ރެކޯޑް ބެލެހެއްޓުން
  • ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މެޝިނަރީ، އިކްއިޕްމަންޓްސް އަދި ޓޫލްސްފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން
  • ކައުންސިލްގެ ސްޓޮކް ބެލެހެއްޓުމާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުން
  • ރަށުގައި ގެންގުޅޭ އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކަންކަން ބެލެހެއްޓުމާއި އެއްގަމާއި ކަނޑުގެ އެފަދަ އުޅަނދުތަކުން ދައްކަންޖެހޭ ފީ ގަވައިދުން ދައްކާތޯބެލުމާއި އަފަދަ އުޅަދުފަހަރުގެ ސަލާމަތީ ކަންކަން ބަލާ ޗެކްކުރުން
  • ރަށުގައި ހިންގޭ އެކިއެކި ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި އެފަދަ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން
  • ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްމެހާ އިމާރާތްތަކާއި ބިންތައް އަދި އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ތަންތަނާއި ބިންތައް ސާފްތާހިރުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެއްމެހާ މަސައްކަތްކުރުން
  • ކައުންސިލްގެ އިދާރާއިން ހާމަކުރުމަށް ކަނޑައަޅާ ލިޔުންތަކައި އެކި އެކި ފަރާތްތަކުން އާއްމުކުރުމަށްފޮނުވޭ ލިޔުންތަކާއި އިޢްލާނު އަދި އިސްތިހާރުފަދަ ތަކެތި އާއްމުކުރުމާއި ބެލެހެއްޓުން.
  • ރަށުގައި ހުންނަ ކާބޯ ތަކެތީގެ ޙިދުމަތްދޭ ތަންތަން ބަލާ ޗެކްކުރުމާއި އެފަދަ ތަންތަނުންދޭ ހިދުމަތާއި ތަކެތީގެ ފެންވަރު ރަގަނޅުކުރުމަށް މަސައްކަތްކުރުން.
  • ޕްރީ ސްކޫލްގެ ހިދުމަތްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން
  • ބޯފެނާއި ނަރުދަމާ އަދި މިނޫންވެސް ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ ޒަރޫރީ ހިދުމަތްތައް ދިނުމުގެ ކަންކަން ބެލެހެއްޓުން.




އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާވިސް ސެކްޝަން އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާވިސް ސެކްޝަން Reviewed by ފައިނު ކައުންސިލް އިދާރާ on 8:35 PM Rating: 5
Powered by Blogger.