ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 124 ވަނަ އާއްމު ޖަލްސާގެ ނިންމުންތައް

1.ދައުލަތުން ބްލޮކް ގްރާންޓެއްގެ ގޮތުގައި މިކައުންސިލަށް ދެއްވި 6,062,572.00ރ (ހަމިލިއަން ފަސްދޮޅަސްދެހާސް ފަސްސަތޭކަ ހަތްދިހަ ދެރުފިޔާ) ރުފިޔާގެ ތެރެއިން 5%އަށްވާ 303,128.60 (ތިންލައްކަ ތިންހާސް އެއްސަތޭކަ އަށާވިސްރުފިޔާ ފަސްދޮޅަސް ލާރި) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަކަތްތަކަށް ކަނޑައެޅުމާއިއެކު 2024 ވަނަ އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާ ކުރެވިފައިވާ (މިފައިސާގެ ތެރޭގައި ފާއިތުވި އަހަރުތަކުގައި އާމްދަނީގެ ގޮތުގައި ލިބިފައިވާ ފައިސާ ހިމެނޭނެއެވެ). 2,701,416.00ރ. (ދެމިލިއަން ހަތްލައްކަ އެއްހާސް ހަތަރުސަތޭކަ ސޯޅަރުފިޔާ) ގެ5% އަށްވާ 135,070.80 (އެއްލައްކަ ތިރީސްފަސްހާސް ހަތްދިހަރުފިޔާ އަށްޑިހަލާރި) އަށް ކުޑަނުވާ އަދަދެއް 2024 ވަނަ އަހަރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ރިޒާވްކުރުމާއިއެކު 3ވަނަ ފަރާތުގެ ފައިސާގެ ގޮތުގައި ލިބޭނޭކަމަށް އަންދާޒާކުރެވިފައިވާ ފައިސާއިން ހަރަދުވާނެކަމަށް 3,045,233.00 (ތިންމިލިއަން ސާޅިސްފަސްހާސް ދުއިސައްތަ ތިރީސްތިންރުފިޔާ) އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމެޓީގެ ހަރަކާތްތަކުން ލިބޭނޭކަމަށް ލަފާކުރާ 536,000.00ރ. (ފަސްލައްކަ ތިރީސްހަހާސްރުފިޔާ)، ޓްރަސްޓް ފަންޑް 100,000.00 (އެއްލައްކަ ރުފިޔާ)، މުޅިޖުމުލަ12,142,092.40 (ބާރަމިލިއަން އެއްލައްކަ ސާޅިސްދެހާސް ނުވަދިހަދެރުފިޔާ ސާޅިސްލާރި) 2024ވަނަ އަހަރުގެ ކައުންސިލްގެ ބަޖެޓްގެ ގޮތުގައި ކަނޑައެޅުމަށް ފާސްކުރުން.


2.2024 ވަނަ އަހަރު ކައުންސިލްގެ މަސައްކަތު ތާވަލްގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށްޓަކައި އަދި ސަރުކާރުގެ ބަޖެޓްގައި މިރަށް ކަނޑައަޅާފައިވާ ކަންކަމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައްދަލުކުރުމަށް ޖަނަވަރީ 21 އިން 25 އަށް ރަސްމީ ދަތުރެއް މާލެއަށް ކުރުމަށާއި، އެ ދަތުރުގެ ޚަރަދުތައް ކުރުމަށް ނިންމުން.



ކައުންސިލްގެ 4 ވަނަ ދަޢުރުގެ 124 ވަނަ އާއްމު ޖަލްސާގެ ނިންމުންތައް ކައުންސިލްގެ 4 ވަނަ ދަޢުރުގެ 124 ވަނަ އާއްމު ޖަލްސާގެ ނިންމުންތައް Reviewed by ފައިނު ކައުންސިލް އިދާރާ on 12:07 AM Rating: 5

No comments:

Powered by Blogger.