ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފައިނު ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި


ފައިނުގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފައިނަށް ނިސްބަތްވާ ކުންފުންޏެއްކަމަށްވާ މަނިކް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއުގެ އަގަކީ 4.6 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓުގައި ވެސް މިކަމަށް ފައިސާ ހިމަނާފައިވާއިރު ކުރިއަށްއޮތް 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވެސް ވަނީ ފައިސާ ހިމަނާފައެވެ. ފައިނުގައި ވެސް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މި ފަހުން ސަރުކާރުން ރަށްރަށުގައި އިމާރާތްކުރާކަހަލަ ޔޫތު ސެންޓަރެކެވެ. އެތަނުގައި އިންޑޯރ ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމް ކޮށްފައި ހުންނާނެއެވެ. މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ފައިނު ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.


ފައިނު ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި ފައިނު ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި Reviewed by އިބްރާހީމް ފަހީމް on 6:57 AM Rating: 5

No comments:

Powered by Blogger.