ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

މިކައުންސިލަށް ކޮންޓްރެކްޓް އުޞޫލުން ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލުން ހަދަންޖެހޭ ބައެއް ޤަވާއިދުތަކާއި، އުސޫލުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ އަދި ޤާނޫނީ ލަފާދިނުމަށް ވަގުތީގޮތުން ކޮންޓްރެކްޓަށް ލީގަލް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް fainuoffice@gmail.com ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.
1 މާރިޗު 2023ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް

މަޢުލޫމާތު ބައްދަލުވުން
2 މާރިޗު 2023ވަނަ ދުވަހުގެ 10:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި

އަގު ހުށަހެޅުން.
8 މާރިޗު 2023 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް

ބީލަންތައް ހުޅުވުން.
8 މާރިޗު 2023 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ ނުވަތަ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


މިކައުންސިލަށް ކޮންޓްރެކްޓް އުޞޫލުން ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލަށް ކޮންޓްރެކްޓް އުޞޫލުން ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް Reviewed by އާމިނަތު ވަސީމާ on 10:08 PM Rating: 5

No comments:

Powered by Blogger.