ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދައުވަތު

މިކައުންސިލުން ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލު ކުރުމަށް ބާއްވާ ބައްދަލުވުން 24 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި ދަތުރުވެރިންގެ ހިޔާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިބައްދަލުވުމުގައި ދެޖިންސްގެ ވީހާވެސްގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މިޖަލްސާގެ އެޖެންޑާ ތިރީގައި އެވަނީއެވެ. އަދި އެޖެންޑާގައިވާ ރިޕޯޓުތައް މި އިދާރާގެ ވެބްސައިޓާއި ނޯޓިސްބޯޑުގައި ޝާއިއު ކުރެވިފައި ހުންނާނެއެވެ.

1. 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
2. 2022 ވަނަ އަހަރުގެ މާލީ ރިޕޯޓް ހިއްސާކުރުން

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.


ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދައުވަތު ރައްޔިތުންނާއި ބައްދަލު ކުރުމުގެ ޖަލްސާގެ ދައުވަތު Reviewed by ފައިނު ކައުންސިލް އިދާރާ on 1:22 AM Rating: 5

No comments:

Powered by Blogger.