ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މިރަށު ބަނދަރު ހުޅަނގު ސަރަޙައްދުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ 1931 އަކަފޫޓްގެ ބިމުގައި (ތެޔޮ ބިން 1) ތެލުގެ ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް fainuoffice@gmail.com ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.
23 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 11.00 ގެ ނިޔަލަށް

ބީލަމުގައި ބައިވެރިވުމަށް 100/-ރ. (އެއްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލައްވާނީ ރެޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ފޮނުވޭނެއެވެ.

ބީލަން ބަލައިގަތުން.
14 މާރިޗު 2023 ދުވަހުގެ 11.00 ގެ ނިޔަލަށް.

ބީލަންތައް ހުޅުވުން.
14 މާރިޗު 2023 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ ނުވަތަ އީމެއިލް fainuoffice@gmail.com މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން Reviewed by އާމިނަތު ވަސީމާ on 10:42 PM Rating: 5

No comments:

Powered by Blogger.