ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މިއިދާރާގެ ނަމްބަރ (IUL)311/311/2021/82 (15 ޑިސެމްބަރ 2021) ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިއިދާރާގެ ބެލުމުގެ ދަށުގައިވާ، ދަތުރުވެރިންގެ ހިޔާ، ހިނަވާގެ އަދި ފްޓްސަލް ދަނޑު ސަރަޙައްދު (އައުޓްޑޯ ޖިމް ހިމެނޭގޮތަށް) ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ

މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށްފަހު 11 އޮގަސްޓް 2022 ގެ މެންދުރުފަހު 2:00ގެ ނިޔަލަށް ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ކައުންސިލްގެ ވެބްސައިޓް www.fainucouncil.gov.mv އިން 03 އޮގަސްޓް 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

މިމަސައްކަތާއިގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ

ބީލަން ހުޅުވުން އޮންނާނީ 15 އޮގަސްޓް 2022 ވާ ހޯމަދުވަހުގެ މެންދުރުކުރި 10:00ގައި މިކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑިގައި 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

ގޫގުލް ފޯރމް ލިންކު
https://https://forms.gle/aooh4maXHZZKBps18




ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ Reviewed by އާމިނަތު ވަސީމާ on 9:20 AM Rating: 5

No comments:

Powered by Blogger.