skip to main  |
        skip to sidebar
މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 
1. މަގުބައްތި ހޮޅިދަނޑިތައް ތައްޔާރު ކޮށްދިނުމުގެ މަސައްކަތް 
2. މަގުބައްތިތަކަށް ކޭބަލް އެޅުމަށް މަގު ކޮނުމުގެ މަސައްކަތް 
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަތީގައިވާ ދެ މަސައްކަތުގެ އަގު ވަކިން ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް (އަގުހުށަހަޅާ ފޯމް) ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް ފޮނުވޭނެއެވެ.  ބީލަމުގައިބައިވެރިވާން އެދޭފަރާތްތަކުން މިލިންކް މެދުވެރިކޮށް  ނުވަތަ އިދާރާއަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ހުށަހެޅުން އެދެމެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު  
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން.	11 އޮގަސްޓް 2022 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށް  
ބީލަން ބަލައިގަތުން.	15 އޮގަސްޓް 2022 ދުވަހުގެ 11.00 ގެ ނިޔަލަށް.
  
  
 ބީލަން ހުޅުވުން އޮންނާނީ 15 އޮގަސްޓް 2022 ވާ ހޯމަދުވަހުގެ މެންދުރުކުރި 11:00ގައި މިކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.    
ގޫގުލް ފޯރމް ލިންކު
https://https://forms.gle/CEUeajEdNe1VTsFr7
މަގުބައްތި ތައްޔާރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
 
 
        Reviewed by 
އާމިނަތު ވަސީމާ
        on 
        
9:37 AM
 
        Rating: 
5
 
 
 
 
 
            
          
 
 
 
 
 
No comments: