ކައުންސިލްގެ 5 ވަނަ ދަޢުރުގެ 14 ވަނަ އާއްމު ޖަލްސާގެ (PN/2026/37) ނިންމުން
ރ. ފައިނު ރައްޔިތުންގެ އިންޖީނުގެއިން ކަރަންޓްގެ
ޚިދުމަތް ދިނުމަށް ބޭނުންކުރާ އެންމެހާ ތަކެތީގެ މިލްކުވެރިކަން ނޯދާން ޔޫޓިލިޓީޒް
ލިމިޓެޑަށް ބަދަލުކުރުމަށް މާޅޮސްމަޑުލު އުތުރުބުރީ ފައިނު އޮފީހާއި ނޯދަން
ޔޫޓިލިޓީޒް ލިމިޓެޑާއި ދެމެދުވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ
ގޮތުގެމަތިން ބަދަލު ލިބިދެވޭނީ ކުންފުންޏާއި ކައުންސިލާއި ދެމެދު އެއްބަސްވެވޭ
ގޮތެއްގެމަތިން ކަމަށް ބަޔާންކޮށްފައިވުމާއިއެކު، އަދި މިހާރު އެ ހިދުމަތް
ދެމުންގެންދަވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމްބަރ FNK-B/311/2026/4 (29 ޖުލައި 2026) ސިޓީ އިން
ބަދަލުދެވެން ނެތްކަމަށް އަންގާފައިވާތީ، މި މައްސަލައާއިގުޅިގެން ބޭއްވުނު
ރައްޔިތުންގެ ބައްދަލުވުމުން މިހާރުވެސް ކަރަންޓްގެ ހިދުމަތް ފުޅާކޮށް
ތަރައްޤީކޮށް އެހިދުމަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދެމުން ގެންދަވާތީ އާއި
މިހާތަނަށް ބަދަލުފައިސާ ހޯދުމަށް އެކި އަހަރުތަކުގައި ކައުންސިލުން ކުރެވިފައިވާ
މަސައްކަތްތަކަށް ބަލާ، ބަދަލު ފައިސާ ލިބޭނެކަމަށް ނުފެންނާތީ މާލީ ބަދަލު ހޯދަން
ނުފެންނަކަމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަމްބަރ FNK-B/311/2026/4 (29 ޖުލައި 2026) ސިޓީ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބިން
ކައުންސިލާއި ރަސްމީކޮށް ހަވާލުކުރުމަށް އެންގުމަށާއި ފާސްކޮށްފައިވާ ލޭންޑްޔޫސް
ޕްލޭންގައިވާ ގޮތުގެމަތިން އެބިން ފައިނު ސްކޫލަށް އިތުރުކޮށް ރަޖިސްޓްރީ
ހެއްދުމަށް ނިންމުން.
No comments: