ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ގޯތިދޫކުރާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު

މިކައުންސިލުން، ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމަށް އެކުލަވާލާ ކޮމެޓީގައި މުއައްސަސާތަކާއި ކުލަބްޖަމިއްޔާގެ އިތުރަށް އާއްމުންގެ ފަރާތުން 2 ބޭފުޅަކު ހިމެނުމަށްޓަކައި ކުރި އިޢުލާނާއިގުޅިގެން ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާތިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ ދެވަނަ އިއުލާނެވެ.

ވީމާ، އާއްމު ރައްޔިތުންގެ ތެރެއިން މި ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޯގަސްޓް 2022 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ.

މިކޮމެޓީ މެމްބަރު އައްޔަންކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 2ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ އެޕްލިކޭޝަންތަކަށް ބަލާ ކައުންސިލުން ކަނޑައަޅާ ފަރާތެއް އައްޔަންކުރުމަށެވެ.

ގޫގުލް ފޯރމް ލިންކު
https://forms.gle/YAFmQ1p4UaSwmgZU8




ގޯތިދޫކުރާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ގޯތިދޫކުރާ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު Reviewed by އާމިނަތު ވަސީމާ on 8:59 AM Rating: 5

No comments:

Powered by Blogger.