ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޤަވާޢިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވާ މައްސަލައާއިގުޅޭ

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރާއި އައިލެންޑް ޕިކަޕް ފަދަ ތަކެތި ލައިސަންސްނެތި ދުއްވުމާއި، އަދި ދެފުރޮޅުލީ އުޅަނދު ފަހަރަށް 2 މީހުންނަށްވުރެ ގިނައިން އަރުވައިގެން ދުއްވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ސައިކަލްފަދަ ތަކެތި A ޒޯންގެ ތަކެތި C ޒޯން އަށް ބަދަލުނުކޮށް ދުއްވަމުންދާކަމަށާއި، އަދި އައިލެންޑް ޕިކަޕް ފަދަ އުޅަނދުފަހަރު ރަޖިސްޓްރީނުކޮށް ދުއްވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މީގެ އިތުރުންވެސް މީހުން ދިރިއުޅޭ ސަރަޙައްދުގައި ބައެއް އުޅަނދުފަހަރު ބާރަށްދުއްވާ ކަންވެސް ފާހަގަ ކުރެވިފައިވެއެވެ. މީގެއިތުރުން ލައިސަންސް ނެތި ރާއްޖެއިން ބޭރުމީހުން ދުއްވާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ނަމްބަރ 5/2009 ގައިވާ ގޮތުގެމަތިން އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެތި ލައިސަންސްނެތި ދުއްވުމާއި ދެފުރޮޅުލީ އުޅަނދުފަހަރަށް 2 މީހުނަށްވުރެ ގިނައިން މީހުން އަރުވައިގެން ދުއްވުމާއި، މިފަދަ ތަކެތި ޤަވާއިދާއި ޚިލާފަށް ދުއްވުމަކީ ބޮޑެތި ޖޫރިމަނާތައްވެސް ކަނޑައެޅިފައިވާކަންކަމެވެ.

ވީމާ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ބައްލަވައިގެން އުޅަނދުފަހަރު ދުއްވުމަށާއި، ޤަވާޢިދާއިއެއްގޮތަށް ލައިސަންސް ނަގައިގެންނޫނީ އެއްވެސް އުޅަނދެއް ނުދުއްވުމަށާއި، ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރުތައް ރަޖިސްޓްރީކުރެއްވުމަށް ދަންނަވަމެވެ.

ލައިސަންސް ދޫކުރުމުގެ ޚިދުމަތް ކޮންމެ ހަފްތާއެއްގެވެސް ރަސްމީ ހޯމަ، ބުރާސްފަތި މި ދެ ދުވަހު 9:00 – 13:00އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އުޅަނދުފަހަރު ރަޖިސްޓްރީކުރުމަށްޓަކައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެއެހީތެރިކަން ކޮންމެ ރަސްމީދުވަހެއްގެ 10:00 – 12:00 އަށް މިއިދާރާއިން ފޯރުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


ޤަވާޢިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވާ މައްސަލައާއިގުޅޭ ޤަވާޢިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވާ މައްސަލައާއިގުޅޭ Reviewed by އާމިނަތު ވަސީމާ on 12:29 AM Rating: 5

No comments:

Powered by Blogger.