ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 61 ވަނަ ނިންމުން

ނިންމިގޮތް: އާއްމުންނަށް ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމަށް ހުޅުވާލާ ފުރުސަތުގައި ދިގުމުއްދަތަށް މާކްސް ޕޮއިންޓްދޭއިރު، ދަނޑުބިން ދޫކުރުމުގެ ޕޮއިންޓް ޕޮއިންޓް ދިނުމުގެ އުޞޫލުގެ 3ވަނަ ބައި، "ދިގުމުއްދަތަށް ދަނޑުވެރިކަންކުރުމަށް ރާވާ ކަންކަން" އުނިކުރުމަށާއި، ޝަރުތު ހަމަވުންކަމުގައި ބަލާނީ "މިރަށު ރައްވެއްސަކަށްވުމާއެކު އުމުރުން 18-65 އަހަރާއިދެމެދު މީހެއްކަމުގައިވާނަމަ" މިގޮތަށް ދަނޑުބިން ދޫކުރުމުގެ ޕޮއިންޓްދިނުމުގެ އުޞޫލު އިސްލާހުކޮށް، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ދަނޑުތަކުގެ ތެރެއިން މިހާތަނަށް ދޫނުކުރެވިވާ ދަނޑުބިންތައް ދޫކުރުމަށް އިޢުލާންކުރުމަށް ނިންމުން.

ޖަލްސާގެ ނަންބަރު: 26 ވަނަ ދައުރުގެ 4 ވަނަ ޖަލްސާ

ތާރީޚް: 17 ނޮވެމްބަރ 2021

ވޯޓް ދެއްވި ގޮތް:
ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު - ފެންނަ
ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ފައިސަލް - ފެންނަ
ކައުންސިލަރ ޙަސަން ވަޙީދު - ފެންނަ
ކައުންސިލަރ އާމިނަތު ސިޒްނާ- ފެންނަ
ކައުންސިލަރ އާސިމާ އިބްރާހީމް މަނިކު- ފެންނަ

ގުޅުންހުރި ފައިލް: -
ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 61 ވަނަ ނިންމުން ކައުންސިލްގެ 4 ވަނަ ދަޢުރުގެ 2021 ވަނަ އަހަރުގެ 61 ވަނަ ނިންމުން Reviewed by ފައިނު ކައުންސިލް އިދާރާ on 9:50 PM Rating: 5

No comments:

Powered by Blogger.