ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ވާރު ފުޓްސަލް ޗެލެންޖު ކާމިޔާބު ކަމާއެކު ނިންމާލައިފި


ފައިނު ކައުންސިލުން ކުރިޔަށް ގެންދިޔަ ވާރު ފުޓްސަލް ޗެލެންޖު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. .

މި މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޑަވް އިންނެވެ.

މިރޭ ފައިނު ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗް ޑަވް އިން ކާމިޔާބުކުރީ 1 - 0 އިންނެވެ. ފައިނަލްގައި ޑަވް އާއި ބައްދަލުކުރީ ކާނިވަރސްއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗްގައި ޑަވް އިން ޖެހި ގޯލް އެޓީމަށް ޖަހައިދިނީ ޙުސެއިން ޒާހިރެވެ. ފައިނަލް މެޗްގެ މޭން އޮފް ދަ މެޗަކަށް ވެސް ހޮވިފައިވަނީ ޙުސައިން ޒާޙިރެވެ.

މުބާރާތުގެ ޓޮޕް 5 އަށް ހޮވިފައިވަނީ، 1. ޑަވް ގެ އަޙްމަދު އީސާ 2. ކާނިވަރސްގެ ޢަލީ ނާޒިމް 3. އެފްސި ޔުނައިޓެޑްގެ ޙުސައިން ޝަރީފް 4. ކާނިވަރސްގެ ޙުސައިން ރިފާއު 5. ޑަވް ގެ ޙުސައިން ޒާހިރު

މުބާރާތުގެ ޓޮޕް ސްކޯރަރ އަދި ފުޓްސަލް ކިންގަކަށް ހޮވިފައިވަނީ އަޙްމަދު އީސާއެވެ. މި މުބާރާތުގައި އީސަ ވަނީ 14 ގޯލް ޖަހާފައެވެ.

މި މުބާރާތަކީ 2019 ވަނަ އަހަރު ފައިނު ކައުންސިލުން ކުރިޔަށް ގެންދަން ފެށި މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗްގެ ޝަރަފްވެރި މެހުމާނަކީ، ރ. އަތޮޅު ޕޮލިސް ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަބްދުލް ޢަޒީޒެވެ.

ވާރު ފުޓްސަލް ޗެލެންޖު ކާމިޔާބު ކަމާއެކު ނިންމާލައިފި ވާރު ފުޓްސަލް ޗެލެންޖު ކާމިޔާބު ކަމާއެކު ނިންމާލައިފި Reviewed by އިބްރާހީމް ފަހީމް on 7:23 PM Rating: 5

No comments:

Powered by Blogger.