ކުނިކޮށީގައި މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވެއްޖެ
މިރަށުގައި މިކައުންސިލްގެ ފަރާތުން ބަލަހައްޓަމުން ގެންދާ ކުނިކޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމަށް ބޭނުންވެއެވެ.
މަޤާމް: މަސައްކަތު
ބޭނުންވާ
ޢަދަދު: 2
އަސާސީ މުސާރަ
މަހަކު: -/4000 ރ
ސާވިސް
އެލަވަންސް:-/1500 ރ
ރިސްކު
އެލަވަންސް: -/780 ރ
މީގެ
އިތުރުން، ވަޒީފާއާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ރަމަޟާން
މަހުގެ އިނާޔަތް ލިބޭނެއެވެ.
ގިންތި: ވަގުތީ (31 ޑިސެމްބަރ 2022 ގެ ނިޔަލަށް)
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1.
ކުނިކޮށީގައި މަސައްކަތް ކުރާ
މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ ކޮންމެ ހަފްތާއެއްގެ ވެސް ރަސްމީ 5 ދުވަހުގެ
ހެނދުނު 8:00 އިން މެންދުރުފަހު 2:00 އެވެ. މީގެ ތެރެއިން ކޮންމެ ހަފްތާއެއްގެ އާދިއްތަ
އަދި ބުދަ ދުވަހު ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ޕިކަޕްގައި
ގޭގޭދޮށަށް ގޮސް އުކާލަންޖެހޭކުނި ނެގުމާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ބަހައްޓާފައި
ހުންނަ ޑަސްބިންތަކުގައި ހުންނަ ކުނި ނަގައިގެން ކުނިކޮށްޓަށް ގެންގޮސް ނައްތާލުން.
އަދި އެނޫން ދުވަސްތަކުގައި ރަސްމީ ގަޑި ނިމެންދެން ކުނިކޮށީގެ މަސައްކަތްތަކުގައި
އުޅުން.
2.
ކުނި އުކާލުމަށް ހަމަޖެހިފައިވާ
ދުވަސްތަކުގައި ގޭގެއިން ގެންނަ ފަތްކުނި/އަނދާޒާތުގެ ކުނިތައް ކުނިކޮށީގައި
އެދުވަހެއްގެ ކުނި އެދުވަހަކު އެންދުމާއި ނެޕީފަދަ ތަކެތި ނައްތާލުން.
3.
ކުނި އަންދާ އަށިގަނޑުގެ ބޭނުންކުރާނަމަ
އެދަށުގައި އަޅި ގިނަވިޔަނުދީ ބަލަހައްޓާ ސާފުކުރަމުން ގެންދިޔުން
4.
ކުނިކޮށްޓަށް ޚާއްޞަ
ކުރެވިފައިވާ ސަރަޙައްދުގައި (އަލަށް އިމާރާތްކުރި ކުނިކޮށި ވެސް ހިމެނޭހެން) ވިނަ
/ ގަސްފަޅައި ބޯވިޔަނުދީ ސާފުކޮށް ބެލެހެއްޓުން
5.
ގޭގެއިން ގެންނަ ކުނި އަޅަންވީ
ތަން ކުނި ގެންނަ ފަރާތްތަކަށް އެންގުމާއި ބެލެހެއްޓުން
6.
ކުނި އުކާލުމަށް
ހަމަޖައްސާފައިވާ ގަޑިތަކުގެ އިތުރުން އެހެން ދުވަހެއް/ގަޑިއެއްގައި ކުނި
އުކާލުމަށް އާންމު ފަރާތަކުން ބޭނުންވެއްޖެނަމަ ކުނިކޮށްޓަށް ކުނި ގެންދިޔުމުގެ
ހުއްދަ ދިނުމާއި ކުނި ގެންދާ ވަގުތު ކުނިކޮށްޓަށްގޮސް ކުނި އަޅާގޮތް ސްޕަވައިޒް
ކުރުން.
7.
ކުނި އުކާލުމަށް ހަމަޖެހިފައިވާ
ދުވަސްތަކުގައި ކުނިކޮށްޓަށް މަސައްކަތަށް ނިކުތުމުގެ ކުރިން ކައުންސިލް
އިދާރާގައި އޮންނަ ޙާޟިރީގައި ސޮއިކުރުން.
8. ވަންދޫ ޕްރޮޖެކުޓާއި ގުޅިގެން ކުނިކޮށިން ބަނދަރަށް އުފުލަންޖެހޭ ކުނި އުފުލުމުގައި ކައުންސިލަށް އެހީތެރިވުން
ޝަރުތު:
1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
ވަޒީފާއަށް
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
ހ.
މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަށް ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.
އިންޓަރވިއުކުރުން
މިމަޤާމަށް މީހުން ހޮވުމަށްޓަކައި ކުރެވޭ އިންޓަރވިއު އޮންނާނީ އިޢުލާންގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައެވެ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކާ އެކަންޏެވެ.
ހުށަހަޅަންޖެހޭ
ލިޔުންތައް:
1.
ވަޒީފާއަށް އެދޭ ސިޓީ
2.
ދިވެހި ރައްޔިތެއްކަން
އަންގައިދޭ ކާޑްގެ ކޮޕީ
3.
މިދާއިރާއިން ލިބިފައިވާ
ތަޖުރިބާ އަންގައިދޭ ލިޔުންތައް.
ވީމާ، މިމަޤާމްތަކަށް ޝަރުތުހަމަވާ ފަރާތްތަކުން، 03 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މަތީގައިބަޔާންކުރެވިފައިވާ ލިޔުންތަކާއިއެކު މިއިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6580072 އާއި
ނަންބަރު: (IUL)311/311/2021/89
ގުޅުންހުރި ފައިލް: -
No comments: