skip to main |
skip to sidebar
މިފެށޭ 2022 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 1 އަހަރުގެ މުއްދަތަށް މިއިދާރާގެ ބެލުމުގެ ދަށުގައިވާ، ބަނދަރު، ދަތުރުވެރިންގެ ހިޔާ އަދި ހިނަވާގެ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 21 ޑިސެންބަރު 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީގަޑިގައި 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ
Reviewed by
އިބްރާހީމް ފަހީމް
on
10:42 PM
Rating:
5
No comments: