skip to main  |
        skip to sidebar
ރ. ފައިނުގައި ސަރުކާރުން ޤާއިމްކުރާ ފެނާއި ނަރުދަމާގެ ނިޒާމްގެ ނެޓްވޯކު އެޅުމުގެ މަސައްކަތް މިއަދު އިފްތިތާޙް ކޮށްފިއެވެ.
ފައިނު ބަނދަރުގައި މިއަދު އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާޙް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ޙަސަން އަޙްމަދާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް، އެމްޑަބްލިއުއެސްސީގެ ސީއީއޯ އަދި ފައިނު ކައުންސިލްގެ ރައީސް މުސާ އުމަރު މަނިކެވެ. 
މި ރަސްމިއްޔާތު ކީރިތި ޤުރްއާނުގެ ބަރަކާތުން ފަށައިދިނީ، ފައިނު ސްކޫލްގެ ދަރިވަރު އައިމިނަތު ނޫރާ އިބްރާހީމްއެވެ. އެއަށްފަހު ވާހަކަ ދެއްކެވީ މެންބަރު ޙަސަން އަޙްމަދެވެ. ޙަސަން އަޙްމަދުގެ ވާހަކައިގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް ކުރުމަށް މި ސަރުކާރުން ދޭ އިސްކަމުގެ ވާހަކަ ފާހަގަ ކުރެއްވިއެވެ. ޙަސަން ވިދާޅުވީ، ރަށެއްގެ ތަރައްޤީ ފެށެނީ ފެނާ ނަރުދަމާ އެޅުނީމަ ކަމަށާއި އެކަން ނުވަނީސް ގެސްޓުހައުސްއެއް ވެސް ނުހިންގޭ ކަމަށެވެ.
ދެން މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވީ، އެމްޑަބްލިއުއެސްސީ ގެ މެނޭޖިން ޑިރެކްޓަރ ޙަސަން ޝާޙްއެވެ. އޭނާ ވިދާޅުވީ، މި ޕްރޮޖެކްޓްގައި ބޭނުންކުރާ ހުރިހާ މެޓީރިއަލްތަކަކީ ވެސް ބައިނަލްއަޤްވާމީ ފެންވަރުގެ ތަކެތި ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކަނޑައެޅިފައިވާ ތާރީޚަށް މި މަސައްކަތް ނިންމާލެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. 
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު ވިދާޅުވީ، ފައިނުގައި މި ޕްރޮޖެކްޓް މި ރަށުގައި ކުރިޔަށް ގެންގޮސްދެއްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމްޑަބްލިއުއެސްސީ އިން މި ޕްރޮޖެކްޓް ކާމިޔާބު ކަމާއިއެކު ކުރިޔަށް ގެންގޮސްދިނުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޕްރޮޖެކްޓްގެ މުހިންމު ކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. 
މި ރަސްމިއްޔާތުގައި ކައުންސިލްގެ ފަރާތުންވަނީ އެމްޑަބްލިއުއެސްސީއަށް ހަނދާނީ ހަދިޔާއެއްގެ ގޮތުން ދޯންޏެއް އަރުވާފައެވެ. 
ފައިނުގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ފައިނުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށް ހަވާލު ކޮށްފައިވަނީ، 63344370.14 ރުފިޔާއަށެވެ.
 
ފައިނު ފެނާއި ނަރުދަމާ ނިޒާމްގެ ނެޓްވޯކު އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙްކޮށްފި
 
 
        Reviewed by 
އިބްރާހީމް ފަހީމް
        on 
        
12:57 AM
 
        Rating: 
5
 
 
 
 
 
            
          
 
 
 
 
No comments: