ޞަފްޙާތައް

އަލަށްދޫކުރި ގޯތިތަކާއި ގުޅިގެން ހަދަންޖެހޭ މަގާއިގޯޅީގައި ހުރި ރުއްގަސް ވިއްކުމާއި ގުޅޭ

މިރަށުން އަލަށް ދޫކޮށްފައިވާ ގޯތިތަކާއި އިންވެގެންވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރުއްގަސް ގަންނަ ފަރާތުން ރުއްގަސް ހުރިގޮތަށް ރަށުން ބޭރުކުރުމަށް ބޭނުންފުޅު ވާނަމަ އެކަމާގުޅިގެން ނަގަންޖެހޭ އެންމެހައި ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ހުއްދަތައް ނަގަން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި މިކައުންސިލުގެ އެހީތެރިކަމާ އެއްބާރުލުން އޮންނާނެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް މަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައި އޮންލައިންކޮށެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 28 ސެޕްޓެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރުން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށްވާތީ، މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް 23 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 10:30 ގެ ކުރިން ނަންނޯޓު ކުރެއްވުން އެދެމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލު:

1- ރުއްތަކަށް ހުށަހަޅާ އެންމެ މަތީއަގު %70
2- އިޖްތިމާޢީ ގޮތުން ރަށުގައި ކުރަންވެފައިހުރި ބައެއް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދޭނެ މިންވަރު %20
3- މަސައްކަތް ފުރިހަމަ ކުރެވޭނޭ މުއްދަތު 10%

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.


އަލަށްދޫކުރި ގޯތިތަކާއި ގުޅިގެން ހަދަންޖެހޭ މަގާއިގޯޅީގައި ހުރި ރުއްގަސް ވިއްކުމާއި ގުޅޭ  އަލަށްދޫކުރި ގޯތިތަކާއި ގުޅިގެން ހަދަންޖެހޭ މަގާއިގޯޅީގައި ހުރި ރުއްގަސް ވިއްކުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 11:24 PM Rating: 5

No comments:

Powered by Blogger.