ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން

ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ޑްރިޕް އިރިގޭޝަން ޕްރޮޖެކްޓްގެ ދަށުން ތަރައްޤީކުރެވިފައިވާ ދަނޑުބިންތައް ހިމެނޭގޮތަށް، ސޯސަންމަގުގައި ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން 30 ދަނޑުބިން ދޫކުރާގޮތަށްވަނީ ހަމަޖެހިފައެވެ. ދަނޑުބިން ދޫކުރާނީ "ރ.ފައިނުން ދިގުމުއްދަތަށް ދަނޑުބިން ދޫކުރުމާއި ދަނޑުވެރިކަން ކުރުމުގެ އުޞޫލު" އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވީމާ، ދިގުމުއްދަތަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކުން ދަނޑުބިމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ދަނޑުބިމަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާއިންނާއި އިދާރާގެ ވެބްސައިޓުން ލިބެން ހުންނާއެވެ.

މިހެންވެ މިކަން އާންމުކޮށް އިޢުލާން ކުރީމެވެ.


ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދަނޑުބިމަށް އެދުމުގެ ފުރުސަތު ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 2:20 AM Rating: 5

No comments:

Powered by Blogger.