ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ގޭބިސީތަކުން ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދުމުގެ ފުރުސަތު

މިރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާތީ، މި މަޝްރޫޢުގެ ދަށުން ފެނުގެ ކަނެކްޝަނާއި، ނަރުދަމާގެ ކަނެކްޝަން ގޭގެއަށް އެޅުމަށް އެދުމުގެ ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމާއި، ބަލައިގަތުމުގައި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި ޢަމަލު ކުރަންޖެހެނީ މިކަމަށްޓަކައި މިހާރު ޢަމަލު ކުރެވެމުންދާ ޤަވާއިދު ނަމްބަރު 10-R/2020 "މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ފެނުގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ނުވަތަ ނަރުދަމާގެ ޙިދުމަތް ދިނުމުގެ މަޝްރޫޢުތަކުގެ ދަށުން ފެނުގެ ޚިދުމަތް ނުވަތަ ނަރުދަމާގެ ޚިދުމަތްތައް ގުޅައިދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

އެހެންކަމުން، މި ޤަވާއިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މިއަދުން ފެށިގެން ފުރުސަތު 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. އަދި، ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކައުންސިލަރ ޙަސަން ވަޙީދު - 7651974 އަށް ގުޅުއްވައިގެން ފޯމް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ގޭބިސީތަކުން ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދުމުގެ ފުރުސަތު ގޭބިސީތަކުން ފެނާއި ނަރުދަމާގެ ޚިދުމަތަށް އެދުމުގެ ފުރުސަތު Reviewed by ފައިނު ކައުންސިލް އިދާރާ on 10:21 PM Rating: 5

No comments:

Powered by Blogger.