ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު

ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި އުސޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހިކުރުމުގެ ގޮތުން ކައުންސިލަށް ލަފާދޭ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފެއްދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ނިންމަވާފައެވެ. މިގޮތުން އަށްޔަންކުރެވޭ މެމްބަރަކީ ވަކި އުޖޫރައެއް ދޭގޮތަކަށް ހަމަޖެހިފައިވާ މެމްބަރެއް ނޫނެވެ. އަދި މެމްބަރުކަމަށް އައްޔަންކުރެވޭނީ ކައުންސިލް މެމްބަރަކާއި އާއިލީގޮތުން ގުޅުމެއް ނެތް ފަރާތްތަކަށެވެ. އާއިލީގޮތުން ގުޅިފައިވާ މީހެއްކަމުގައި ބަލާނީ މަންމަ،ބައްޕަ ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހުންނެވެ. މެމްބަރު އަށްޔަންކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ 1 ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ އެޕްލިކޭޝަންތަކަށް ބަލާ ކައުންސިލުން ކަނޑައަޅާ ފަރާތެއް އައްޔަންކުރުމަށެވެ.

ކޮވިޑް19ގެ މިހާލަތާއިގުޅިގެން ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ވީމާ، އާއްމު ރައްޔިތުންގެ ތެރެއިން ކައުންސިލަށް ލަފާދޭ ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.


ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލަށް ލަފާދޭ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު Reviewed by އިބްރާހީމް ފަހީމް on 11:59 PM Rating: 5

No comments:

Powered by Blogger.