ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކޮވިޑް19 ‏ޓާސްކްފޯސްގެ ‏ނިންމުން ‏އާންމުކުރުން

ރަށުގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކާ މީހުންގެ ހަރަކާތްތައް ވީހާވެސް މަދުކުރުމަށާއި މީހުން ދިމާވާމިންވަރު މަދުކުރުމަށްޓަކާ 19 ޖޫން 2021 ވަނަ ދުވަހުގެ 18:00 ން ފެށިގެން 1 ހަފްތާގެ މުއްދަތަށް އެޅުމަށް 17 ޖޫން 2021 ވީ ދުވަހުގެ ރޭ ބޭއްވުނު ޓާސްކްފޯސްގެ ބައްދަލުވުމުން ނިންމާފައިވާ ކަންތައްތައް 
----
1. ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނިކުމެނޫޅުން. 
2. ވިޔަފާރިކުރުމަށް އެއްވެސް ފިހާރަޔަކަށް ނުދިއުމާއި ބޭނުންވާ ތަކެތި ކަނޑައެޅިފައިވާ ގަޑިތަކުގައި ފިހާރައިން ޑެލިވަރީ ކުރާގޮތަށް ހަމަޖެއްސުން. މިގޮތުން ޑެލިވަރީކުރާނީ ހެނދުނު 9 ން 11 އަށް އަދި ހަވީރު 4 ން 6 އަށް، ޓާސްކުފޯހުން ކަނޑައަޅާ ފަރާތްތައް.
3. ވިޔަފާރި ކުރުމުގައި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ގެންދިއުން.
4. ކުނިވާޒާތުގެ ތަކެތި އުކާލުމަށް ކޮންމެދުވަހަކު ހަވީރު 5 ން 7 އަށް ކޮންމެ ގެއަކުންވެސް ކަނޑައަޅާ 1 ފަރާތެއް ދިއުން.
5. ކަރަންޓީނު ކުރެވިފައިވާ ގޭ ތަކުން އުކާލާ ހުރިހާ ބާވަތެއްގެ ކުނިވެސް ޓާސްކްފޯސްގެ ހާއްސަ ހުއްދައެއް ލިބުމަށްފަހު ޓާސްކްފޯސްގެ ބެލުމުގެ ދަށުން އުކާލުން.
6. ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުންް ގޯތިން ބޭރުގައި އަދި ސައިޓްތަކުގައި މަސައްކަތްކުރާނަމަ ޓާސްކްފޯހުގެ ހާއްސަ ހުއްދައެއް ނެގުން އަދި ހުއްދައިގެ ދަށުން މަސައްކަތްކުރުމުގައި އެއްވެސް މީހަކާއި ދިމާނުވާނެކަން ކަށަވަރުކޮށް ގެއިން ސައިޓަށް އަދި ސައިޓުން ގެއަށް ދިއުން.
7. ރަށަށް ގެނެވޭ އަދި ބޭރުކުރެވޭ މުދަލާއި ކާބޯ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ޓާސްކްފޯހުގެ ހުއްދަ ހޯދުން އަދި ޓާސްކްފޯހުން ހުއްދަދޭ ފަރާތްތަކުން އެކަނި އެކަން ކުރުން.
8. މިދުވަސްވަރު އެއްރަށުން އަނެއްރަށަށް މުދާ ފޮނުވުމުގައި ވީހާވެސް ބޮޑަށް ސަމާލުވެ ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި ފިޔަވާ އެހެން ބާވަތްތައް ނުފޮނުވުން އަދި ނުގެނައުން.
9. ރަށުގައި ވައިފައި، ޓީވީ ފަދަ ޚިދުމަތްދޭ ތަންތަނުންް ގޯތިންބޭރުގައި އެއްވެސް ކަމެއްކުރާނަމަ ޓާސްކްފޯހުގެ ހުއްދަ ނަގައިގެން ކުރުން.
10. ޑިއުޓީ ބަހައިގެން ވަޒީފާ އަދާކުރާ ފަރާތްތަކުން ގެއިންބޭރުގައި އުޅޭނަމަ އެފަދަ ފަރާތެއްކަން އެނގޭނެ ކާޑެއް ނުވަތަ ޔުނީފޯމެއް ބޭނުންކުރުން ނުވަތަ ޓާސްކްފޯހުގެ ހުއްދަހޯދުން.
11. އެއްގެއެއްގައި ދިރިއުޅޭ ފަރާތްތަކުން ނޫނީ އެއް އުޅަނދެއްގައި ވަދުއެޅުމަށް ނުވަތަ މަސްވެރިކަމަށް ނުދިއުން. އަދި މިފަދަކަމަކަށް ނިކުތުމުގެ ކުރިން ޓާސްކްފޯހުގެ ހުއްދަހޯދުން. 
12. މި ފިޔަވަޅުތައް 7 ދުވަސްފަހުން ރިވިއުކުރުން. 
(ސިއްހީ މަރުކަޒާއި ބޭސްފިހާރައިގެ މުވައްޒަފުންނާއި ޓާސްކްފޯހުން ދޫކުރާ ފާސް އަޅައިގެން އުޅޭ މީހުން މަތީގައިވާ ފިޔަވަޅުތަކުން އިސްތިސްނާ ވެގެންވެއެވެ.)

މިނިންމުންތަކާއި ގުޅިގެން ގުޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު:
ސިއްޙީ ކުއްލި ހާލަތްތަކާއި ކޮންޓެކްޓް ޓްރޭސިންގް: އިބްރާޙިމް ސިޔާމް 7905100 / މޫސާ ޢުމަރު މަނިކު 7902212
ޑެލިވަރީ އަދި ވިޔަފާރިއާއި ގުޅޭ: މުޙައްމަދު ފައިސަލް 9729933 / އަޙުމަދު ވަޙީދު 7500320
ދަތުރު ހުއްދައާއި ކަރަންޓީންގެ ކަންކަން: އައިމިނަތު ވަސީމާ 7515969 / މޫސާ ޢުމަރު މަނިކު 7902212
ކުނިއުކާލުން އަދި މަސައްކަތު ހުއްދަ: އިބްރާޙިމް ޢުމަރު 7906620 / ޙަސަން ވަޙީދު 7651794

ކޮވިޑް19 ‏ޓާސްކްފޯސްގެ ‏ނިންމުން ‏އާންމުކުރުން ކޮވިޑް19 ‏ޓާސްކްފޯސްގެ ‏ނިންމުން ‏އާންމުކުރުން Reviewed by ފައިނު ކައުންސިލް އިދާރާ on 11:16 AM Rating: 5

No comments:

Powered by Blogger.