ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފުޓްސަލް ދަނޑުގައި ކުޅުމަށް ބޭނުންވާ ޓީމްތައް ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން

މިރަށު ފުޓްސަލް ދަނޑު ބޭނުން ކުރުމަށްޓަކައި އެކުލަވާލެވިފައިވާ "ފުޓްސަލް ދަނޑު ބޭނުން ކުރުމުގެ އުޞޫލު" ގެ 12 ވަނަ މާއްދާގެ (ހ) އިސްލާޙް ކުރެވިފައިވާތީ އެ އިސްލާޙާއި އެއްގޮތަށް ޓީމްތައް އެކުލަވާލުމަށްޓަކައި އަލުން ޓީމް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އުޞޫލަށް ގެނެވުނު އިސްލާޙްގައިވާ ގޮތުގެމަތިން، މިއިޢުލާނާއިއެކު މި ހުޅުވާލާ ފުރުޞަތުގެ ދަށުން ކޮންމެ ކުޅުންތެރިޔަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް 1 ޓީމެއްގައެވެ. އެއްވެސް ކުޅުންތެރިއެއްގެ ނަން 1 ޓީމަށްވުރެ ގިނަ ޓީމްގައި އޮވެއްޖެނަމަ އެކުޅުންތެރިޔާ ރަޖިސްޓްރީ ކުރެވޭނީ އެކުޅުންތެރިޔަކު ބޭނުންވާ ކޮންމެވެސް 1 ޓީމެއްގައެވެ.

ޓީމް ރަޖިސްޓްރީ ކުރުމަށް ތިރީގައި އެވާ ލިންކަށް ޒިޔާރަތް ކުރެއްވުން އެދެމެވެ. ޓީމް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 16 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހުގެ 22:00 އެވެ.

ޓީމް ރަޖިސްޓްރީ ކުރާ އޮންލައިން ފޯމް

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ފުޓްސަލް ދަނޑުގައި ކުޅުމަށް ބޭނުންވާ ޓީމްތައް ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން ފުޓްސަލް ދަނޑުގައި ކުޅުމަށް ބޭނުންވާ ޓީމްތައް ރަޖިސްޓްރީ ވުމުގެ ފުރުޞަތު އަލުން ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 2:08 AM Rating: 5

No comments:

Powered by Blogger.