ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ވޮލެންޓިއަރުން (ދަރުމަޔަށް މަސައްކަތްކުރާ މީހުން) ހޯދުމާއި ގުޅޭ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން އެބަލިން ރައްކާތެރިވުމަށް އެކިމަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އެގޮތުން، މިބައްޔާއި ގުޅިގެން ދިމާވާ އެކި ހާލަތްތަކުގައި އެކި ފަރާތްތަކަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އެހީތެރިވުމަށް، ސޯޝަލް ސަޕޯޓް ޑެސްކެއް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ކޮވިޑް19 އާއި ގުޅިގެން މިރަށުގައި އެކުލަވާލެވޭ ސޯޝަލް ސަޕޯޓް ޑެސްކްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 07 އޭޕްރިލް 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން 7515969 އަށް، ފުރިހަމަ ނަން، އެޑްރެސް، ފޯން ނަމްބަރ، އިމަޖެންސީގައި ގުޅާނެ ނަމްބަރ އަދި ވަޒީފާ އަދާކުރާނަމަ ވަޒީފާ ޢަދާކުރާ ތަނާއި މަޤާމް އެސް.އެމް.އެސް މެދުވެރިކޮށް ޙިއްސާ ކޮށްދެއްވުން އެދެމެވެ. ނުވަތަ ތިރީގައި އެވާ ގޫގުލް ފޯމް މެދުވެރިކޮށް އެމަޢުލޫމާތު ޙިއްސާ ކޮށްދެއްވުން އެދެމެވެ.

ސޯޝަލް ސަޕޯޓް ޑެސްކްގައި ބައިވެރިވުމަށް އެދޭ ފޯމް


ވޮލެންޓިއަރުން (ދަރުމަޔަށް މަސައްކަތްކުރާ މީހުން) ހޯދުމާއި ގުޅޭ ވޮލެންޓިއަރުން (ދަރުމަޔަށް މަސައްކަތްކުރާ މީހުން) ހޯދުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 11:05 AM Rating: 5

No comments:

Powered by Blogger.