skip to main |
skip to sidebar
ކޯވިޑް 19 އާއި މީސެލްސް އަދި ރަށުގައި ފެތުރޭ އެކިއެކި ރޯގާތަކާއި ބަލިމަޑުކަމާއި ގުޅިގެން އެކަންކަމުން ރައްކާތެރިވުމަށް ޞިއްޙީ ވުޒާރާތަކުން ދެއްވާ ލަފަޔާއި އެއްގޮތްވާ ގޮތުގެމަތިން ރަށު ފެންވަރުގައި މަސައްކަތްކުރުމަށް ޞިއްޙީމަރުކަޒާއި މިކައުންސިލް ގުޅިގެން ޓާސްކްފޯސްއެއް ވަނީ އެކުލަވާލެވިފައެވެ. މިޓާސްކްފޯސްގައި ހިމެނޭ މެންބަރުންގެ ނަންތައް މިއިޢުލާނާއިއެކު ހިމެނިފައިވާނެއެވެ. އަދި މިއަދު ބޭއްވުނު ޓާސްކްފޯސްގެ ބައްދަލުވުމުގައި ނިންމާފައިވާ ބައެއް މުހިންމު ކަންކަން ތިރީގައި އެވަނީއެވެ.
ވީމާ، މިހާރު ފެތުރެމުންދާ ކޯވިޑް 19 އިން ރައްކާތެރިވުމަށް ތިރީގައި އެވާގޮތަށް އެންމެހާ ފަރާތްތަކުންވެސް ޢަމަލުކުރައްވަމުން ގެންދެވުމަށް ދަންނަވަމެވެ.
ނިންމި މުހިންމު ކަންކަން:
1. މިދުވަސްވަރު ކުޑަކުދިން އެއްވެ އުޅެ ހިންގާ ކުޅިވަރު ހަރާކާތްތައް މަދުކުރުމުގެ ގޮތުން ކުޑަކުދިން ފުޓްސަލް ދަނޑުގައި ނުކުޅޭގޮތަށް ހަމަޖެއްސުމާއި، ޒުވާނުން ފުޓްސަލް ދަނޑު ބޭނުން ކުރުމުގައިވެސް ސަމާލުކަންދޭންޖެހޭ ކަންކަން އަންގައިދިނުން
2. ގިނަ މީހުން އެއްވާ ތަންތަނާއި ކުޅިވަރުތައް ކުޅުމުގައި، ރަށުން ބޭރުން އަންނަ ފަރާތްތަކަށް 7 ދުވަސް ވަންދެން ބައިވެރިނުވެވޭގޮތަށް ހެދުމާއި އެފަދަ ކަންކަމުގައި ޞިއްޙީ މަރުކަޒުގެ ލަފާގެ މަތިން ބައިވެރިވެވޭގޮތް ހެދުން
3. މީގެ އިތުރުންވެސް، ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން އަންގާ ގޮތުގެމަތިން ޞިއްޙީ މަރުކަޒާއި ޓާސްކްފޯސް ގުޅިގެން އެކިކަހަލަ ހަރަކާތްތައް ހިންގުން
ކޯވިޑް 19 އާއި ގުޅިގެން އެކުލަވާލި ޓާސްކްފޯސްގެ ނިންމުން އާންމުކުރުން
Reviewed by
ފައިނު ކައުންސިލް އިދާރާ
on
10:21 AM
Rating:
5
No comments: