ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކެނޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމުގެ މަސައްކަތާއި ގުޅޭ

ލޯކަލްކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނެގުން 04 މާރިޗް 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

ކެނޑިޑޭޓުންގެ ބަދަލުގައި މީހަކު ގުރުއަތު ނެގުމަށް ހާޟިރުވާނަމަ، އެހާޒިރުވާ މީހަކު ކެނޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ގެންނަންވާނެއެވެ. ކެނޑިޑޭޓުގެ ސިޓީގައި ބަދަލުގައި ފޮނުވާ މީހާގެ ނަމާއި، އެޑްރެސް އަދި އައިޑީކާޑް ނަމްބަރ އޮންނަންވާނެއެވެ. އަދި ބަދަލުގައި އަންނަމީހާގެ އައިޑީކާޑްގެ އަސްލު އޮންނަންވާނެއެވެ. ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ކުރިން ކެނޑިޑޭޓް ނުވަތަ ކެނޑިޑޭޓްގެ ބަދަލުގައި މީހަކު ހަމަޖެއްސިކަމުގެ ލިޔުމާއިއެކު ހާޟިރުނުވާނަމަ، ކެނޑިޑޭޓްގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކުޝަންސް ކޮމިޝަނުން އެތަނަކަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓެވެ.

ގުރުއަތުނަގާއިރު ޖަލްސާކުރާމާލަމުގައި ޖާގައޮތް މިންވަރަކުން އާއްމުންނަށް ބައިވެރިވެރިވުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.


ކެނޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމުގެ މަސައްކަތާއި ގުޅޭ ކެނޑިޑޭޓުންގެ ނަމްބަރު ތަރުތީބު ކުރުމުގެ މަސައްކަތާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 10:50 PM Rating: 5

No comments:

Powered by Blogger.