ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ލާމަސީލް ޒުވާނާ - ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު

ލާމަސީލު ޒުވާނާ ކޭމްޕަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންނަކީ ކިޔަމަންތެރި ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު ގުޅިގެން 12 ޖެނުއަރީ 2020 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ދ.ވާނީ ގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.

މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކޭމްޕުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ޒުވާނުންގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ 100 ބައިވެރިޔަކަށް ފުރުޞަތު ދެވޭގޮތަށެވެ. މިއީ ދެޖިންސުގެ ޒުވާނުންނަށް ހުޅުވައިލެވިގެން ކުރިއަށް ގެންދެވޭ ކޭމްޕެކެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/6LLAwo3AZUyhpn1g9 ލިންކުންނާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މާފަންނު އިޖުތިމާޢީ މަރުކަޒު، މިއިދާރާއަދި އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިޖުތިމާޢީ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެމްބަރ 2019ގެ މެންދުރު 14:00ވެ. މި ފޯމާއިއެކު މެޑިކަލް ރިޕޯރޓް، އައިޑީ.ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުން އެދެމެވެ.

 އިޢުލާނާއިއެކު ތިރީގައި މިދަންނަވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

1. އެޕްލިކޭޝަން ފޯމް
2. މެޑިކަލް ރިޕޯރޓްގެ ފޯމް
3. ކިޓް ލިސްޓް ( ކޭމްޕްގެ ބައިވެރިންގެ ކިޓްލިސްޓް)

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ 3313912 ނުވަތަ ހިލޭ ގުޅޭ ނަންބަރ 1456 އަށް ގުޅުއްވުން އެދެމެވެ.


ލާމަސީލް ޒުވާނާ - ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ލާމަސީލް ޒުވާނާ - ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު Reviewed by އިބްރާހީމް ފަހީމް on 8:15 AM Rating: 5

No comments:

Powered by Blogger.