ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރ. ފައިނު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ފައިނުގައި ސަރުކާރުން ޤާއިމްކޮށްދެއްވާ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއިއެކު ސަރުކާރުން ޤާއިމް ކޮށްދެއްވި ދަނޑެކެވެ. މިހާރު ކައުންސިލުން ތައްޔާރުވަމުން ދަނީ، ދަނޑު ހުޅުވުމުގެ ކުރިން ސަރަޙައްދު ސާފުކުރުމާއި ޗޭންޖިންރޫމާއި ދަނޑާއި ދޭތެރޭ ތަޅުމެއް އެޅުމާއި އެފަދަ މަސައްކަތްތައް ފުރިހަމަ ކުރުމަށެވެ.

އަދި ފުޓްސަލް ދަނޑު ބޭނުން ކުރާނެ ގޮތުގެ އުޞޫލް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރުދަނީ ކުރިޔަށެވެ. އެގޮތުން، އުޞޫލެއް ޑްރާފްޓް ކުރެވި ޒުވާނުންނާއި ކުލަބް ޖަމްޢިއްޔާތަކާއި އެކު ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ވަނީ ހޯދިފައެވެ.

ރ. ފައިނު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި ރ. ފައިނު ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 3:05 AM Rating: 5

No comments:

Powered by Blogger.