ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން ބާއްވައިފި



ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ލާޒިމްކުރާ ޖުލައި މަހުގެ ތެރޭގައި ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން 27 ޖުލައި 2019 ވަނަ ދުވަހުގެ ރޭގަނޑު ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން މިޖަލްސާ ފައްޓަވައިދެއްވީ ކައުންސިލް އިދާރާގެ މުވައްޒަފު އަޙުމަދު މުޙައްމަދެވެ.

އެއަށްފަހު، ޖަލްސާ ތަޢާރަފް ކުރުމުގެ ގޮތުން އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ޙުސައިން ވާހަކަ ދެއްކެވިއެވެ. އިބްރާހީމް ޙުސައިންގެ ވާހަކައިގައި، ލާމަރުކަޒީ ނިޒާމާއި މިނިޒާމް އައުމުގެ ކުރިން ރަށު އޮފީސްތައް ހިނގި ދުވަސްވަރާއި އޮތް ތަފާތު ބަޔާން ކުރެއްވިއެވެ. އަދި މިފަދަ މުހިންމު ބައްދަލުވުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް މުހިންމު ވާކަމުގައި ދެންނެވިއެވެ.

ޖަލްސާގައި ދެން އޮތީ، ކައުންސިލްގެ ރައީސް ވާހަކަފުޅުދެއްކެވުމެވެ. ރައީސްގެ ވާހަކަފުޅުގައި، ކައުންސިލުން ކުރިޔަށް އޮތް 2020 ވަނަ އަހަރަށް ރާވާފައިވާ މުހިންމު ކަންކަމާއި ގުޅޭ ތަފްޞީލެއް ދެއްވިއެވެ. އަދި ކައުންސިލްގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ރައްޔިތުންގެ ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެއަށްފަހު، މަސައްކަތު ތާވަލާއި ބަޖެޓްގެ ޚުލާސާ ޕްރެޒެންޓޭޝަން ހުށަހެޅުން އޮތެވެ. ޕްރެޒެންޓޭޝަން ހުށަހަޅާ ނިމުމުން، މަސައްކަތު ތާވަލާއި ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. މިފުރުޞަތުގައި އެކިއެކި ހިޔާލުތައް ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވިއެވެ. އަދި ހުށަހެޅުއްވި ކަންކަމާއި ގުޅޭޣޮތުން ކައުންސިލްގެ ފަރާތުން ސާފުކޮށްދޭންހުރި ކަންކަން ސާފުކޮށްދެއްވިއެވެ.

މިޖަލްސާ ނިންމާލެވުނީ ބައިވެރިންނަށް އެރުވުނު ބިލެތްމީރުކޮށްލުމަކުންނެވެ.


ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން ބާއްވައިފި ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން ބާއްވައިފި Reviewed by އިބްރާހީމް ފަހީމް on 12:02 AM Rating: 5

No comments:

Powered by Blogger.