ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއިބެހޭ

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވާޢިދު ނަމްބަރ 2016/R-6 (31 ޖަނަވަރީ 2016) ގެ 12 ވަނަ މާއްދާގެދަށުން ކަނޑުގައި ދުއްވާ އެއްވެސް އުޅަނދެއް ރަޖިސްޓްރީނުކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވުމާއި، ބަނދަރުތަކާއި ފައްތިޔާތަކުގައި އަޅައިގެން ބޭނުންކުރުމަކީ މަނާކަމެކެވެ.

މިހާރަކަށް އައިސް ރަށްރަށުގައި އުޅަނދުފަހަރު އެއްގޮތަކަށްވެސް ރަޖިސްޓްރީނުކޮށް ދުއްވަމުން ގެންދާކަމުގެ ޝަކުވާ މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ލިބެމުންދާކަމުގައި އެ އޮތޯރިޓީއިން މިކައުންސިލަށް ވަނީ އަންގަވާފައެވެ.

ދަންނަވަމެވެ. ކަނޑުގައި ދުއްވާ ލޯކަލް އުޅަނދު ދުއްވުމުގެ ޤަވާޢިދު ނަމްބަރ 2016/R-6 (31 ޖަނަވަރީ 2016) ގެ 20 ވަނަ މާއްދާގެ "ރ" ގެ ދަށުން ކަނޑުގެ ސަރަޙައްދުގައި ރަޖސްޓްރީނުކޮށް އުޅަނދު ދުއްވިކަން ސާބިތުވެއްޖެނަމަ، އެ އުޅަނދެއްގެ ވެރިފަރާތް ނުވަތަ އެއުޅަނދަށް ޒިންމާވާ ފަރާތް -/5000ރ (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެކަންވެސް އެ އޮތޯރިޓީން އަންގަވާފައިވެއެވެ.

ވީމާ، ރަޖިސްޓްރީނުކޮށް ކަނޑުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކުރަމެވެ. އަދި ރަށުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ކޮޕީ މިއިދާރާއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.


ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއިބެހޭ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއިބެހޭ Reviewed by އިބްރާހީމް ފަހީމް on 1:55 AM Rating: 5

No comments:

Powered by Blogger.