ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފެންދޭ ނިޒާމް ޤާއިމްކުރާ ރަށެއްގެ ގޮތުގައި ފައިނު ހަމަޖެހިއްޖެ


ސަރުކާރުން ކަނޑައަޅުއްވާފައިވާ ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދަނޑުވެރިކަމުގައި ޒަމާނާއި އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމް (ރާއްޖެއާއި ގުޅޭގޮތަށް އެކުލަވާލެވޭ ޑްރިފް އިރިގޭޝަން ސިސްޓަމް) މިރަށުގައި ޤާއިމް ކުރުމަށް އެދި މިކައުންސިލުން ހުށަހެޅި ހުށަހެޅުން ކާމިޔާބުވެ އެނިޒާމް ޤާއިމްކުރާ ރަށުގެ ގޮތުގައި ރ. ފައިނު ހަމަޖެހިއްޖެއެވެ.

މިމަޝްރޫޢުގެ ދަށުން ފެންދޭ ނިޒާމް ޤާއިމް ކުރާ ދަނޑެއްގައި 5000، 7000 ނުވަތަ 10000 އަކަފޫޓް ހުންނާނެއެވެ. މަޝްރޫޢު ރޭވިފައިވަނީ މަދުވެގެން 10 ދަނޑުވެރިންނަށް ބޭނުން ކުރެވޭގޮތަށް ކައުންސިލުން ކަނޑައަޅާ ސަރަޙައްދެއްގައި ދަނޑުތަކުގެ އިންތައް ވަކިކޮށް އެދަނޑުތަކުގައި ފެންދޭ ނިޒާމް ޤާއިމް ކުރާގޮތަށެވެ. އަދި މިމަޝްރޫއުގެ ދަށުން ދަނޑުތައް ޑިޒައިން ކޮށްދީ އެދަނޑުތަކަށް ފެންދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމް ކޮށްދެވޭނެއެވެ. މީގެ އިތުރުން ޤާއިމް ކުރާ ވަސީލަތްތައް ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރާނެގޮތުގެ ފަންނީ މަޢުލޫމާތު ދަނޑުވެރިންނަށް ފޯރުކޮށްދިނުންވެސް މިމަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ފެންދޭ ނިޒާމް ޤާއިމްކުރާ ރަށެއްގެ ގޮތުގައި ފައިނު ހަމަޖެހިއްޖެ ފެންދޭ ނިޒާމް ޤާއިމްކުރާ ރަށެއްގެ ގޮތުގައި ފައިނު ހަމަޖެހިއްޖެ Reviewed by ފައިނު ކައުންސިލް އިދާރާ on 1:51 AM Rating: 5

No comments:

Powered by Blogger.