skip to main |
skip to sidebar
ކައުންސިލަށް ލަފާދޭ ކޮމެޓީއާއިއެކު 17 ޖޫން 2019 ގައި ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމަކީ، ރަށުގެ ލޭންޑްޔޫސް ޕްލޭނަށް ހައުސިންގ މިނިސްޓްރީން ހުށަހަޅުއްވާފައިވާ އިސްލާޙްތަކާއި މެދު މަޝްވަރާ ކުރުމަށާއި މިރަށުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް އޯސަމް ބޯޓް ޑިޒައިންއަށް ދޫކޮށްފައިވާ ބިމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިބައްދަލުވުމުގައި، އެންމެ ފުރަތަމަ އޮތީ، ރަށުގެ ލޭންޑްޔޫސް ޕްލޭނަށް މިނިސްޓްރީން ހުށަހަޅުއްވާފައިވާ އިސްލާޙްތަކާއިމެދު މަޝްވަރާ ކުރުމެވެ. އެގޮތުން، ފަހަރަކު އިސްލާޙަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި އެއިސްލާޙްތަކުގެ ތެރެއިން ރަނގަޅު އިސްލާޙްތަކާއި ބައެއް ކަންކަން ބަދަލު ކުރަންޖެހޭ އިސްލާޙްތައް ފާހަގަ ކުރެވިފައިވެއެވެ.
ދެން މިބައްދަލުވުމުގައި އޮތީ، އޯސަމް ބޯޓް ޑިޒައިންއަށް ދޫކޮށްފައިވާ ބިމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. މިމައްސަލައިގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
ކައުންސިލަށް ލަފާދޭ ކޮމެޓީއާއިއެކު ބައްދަލުވުމެއް ބާއްވައިފި
Reviewed by
ފައިނު ކައުންސިލް އިދާރާ
on
9:52 PM
Rating:
5
No comments: