ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ދަނޑުވެރިކަމުގެ މަސައްކަތުން ދަނޑުވެރިންނަށް ލިބޭ މަންފާ އިތުރުކޮށްދިނުމަށްޓަކައި ދަނޑުވެރިންގެ މަޢުލޫމާތާއި ހުނަރު އިތުރުކުރުމަށް ހަނިމާދޫ އެގުރިކަލްޗަރ ސެންޓަރުގައި 10 ޖޫން 2019 ގައި ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމެއް ފެށުމަށް ހަމަޖެހިފައިވާކަމަށާއި މިޕްރޮގުރާމްގައި މިރަށުން ދެބޭފުޅުން ބައިވެރިކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒު މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރއިންވަނީ އަންގަވާފައެވެ. މިޕްރޮގުރާމްގައި ބައިވެރިވާ ފަރާތްތަކަށް 06 މަސްދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ދެވޭނެކަމަށާއި، އަދި މިޕްރޮގުރާމްގެ ބައިވެރިން 04 މަސްދުވަހަށް ހަނިމާދޫ އެގުރުކަލްޗަރ ސެންޓަރުގައި ތަމްރީނު ކުރެވޭނެކަމަށާއި، އިންޑަސްޓްރީ ނުވަތަ ވިޔަފާރީގެ ތަޖުރިބާ ހޯދުމަށްޓަކައި ދިގުމުއްދަތަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެއްގައި 02 މަސްދުވަހުގެ މުއްދަތަކަށް މަސައްކަތްކުރާގޮތަށް ހަމަޖެހިފައިވާކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒު މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރއިންވަނީ އަންގަވާފައެވެ. މިޕްރޮގުރާމްގައި ބައިވެރިވާ ބޭފުޅުންގެ ދަތުރު، ހުރުމާއި ކެއުމުގެ ޚަރަދު އަދި މަހަކު -/2000 ރުފިޔާގެ އެލަވުންސްއެއް މިނިސްޓްރީ އޮފް ފިޝަރީޒު މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ އިން ދެއްވާގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ވީމާ، މި އިންޓާންޝިޕް ޕޮރޮގުރާމްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށްއެދޭ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު 20 މެއި 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.


ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދަނޑުވެރިކަމުގެ އިންޓާންޝިޕް ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުޞަތު Reviewed by ފައިނު ކައުންސިލް އިދާރާ on 10:03 PM Rating: 5

No comments:

Powered by Blogger.