skip to main |
skip to sidebar
މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި، ޔުނިޑޯގެ ފަރާތުން މިރަށުގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެދަށުން ބުރަފަތި ހަރުކުރުމަށް ޖަހާފައިވާ ދަނޑި ކުއްޔަށް ދޫކޮށްފައިވާ ފަރާތާއި އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ 1 ޖޫން 2019 އިން ފެށިގެން 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ ކުރެވުނު ނަންބަރު (IUL)311/311/2019/25
އިޢުލާނާއި ގުޅިގެން އަގު ހުށަހަޅާފައިވަނީ 2 ފަރާތުންކަމަށް ވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށް ކުރެވޭ 2 ވަނަ އިޢުލާނެވެ.
ވީމާ، މިކައުންސިލްގެ ބެލުމުގެ ދަށުގައިހުރި އިސްވެދެންނެވުނު ދަނޑި ބަލަހައްޓައި އަމިއްލަ ބޭނުންތަކަށް އެދަނޑީގެ ބޭނުންކުރެވޭގޮތަށް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި 22 މެއި 2019 ވަނަ ދުވަހުގެ މެންދުރު 12:10 ގައި އިދާރާއަށް ޙާޟިރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހެޅޭ ސިޓީތައް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ މެންދުރު 12:15 ގައި ފައިނު ކައުންސިލްގެ އިދާރާގައި އަގު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ގެންނަންވާނެއެވެ. މިކަމަށްއެދި ހުށަހަޅާ ހުށަހެޅުންތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި މިދަންނަވާ ގޮތުގެމަތިންނެވެ. އަދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ބުރަފަތި ދަނޑި ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
1. ކުއްޔަށް ހިފާ އަގު %60
2. ދަނޑި ރައްކާތެރިކަމާއިއެކު ބެލެހެއްޓުމަށް ކުރާނެ މަސައްކަތް %25
3. ދަނޑީގައި ކުރާ ބޭނުމުން ރައްޔިތުންނަށާއި ރަށަށް ކުރާނެ ފައިދާ %15
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑިގައިނަމަ 6580072 ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ.
ބުރަފަތި ދަނޑު ކުއްޔަށް ދޫކުރުން - 2
Reviewed by
ފައިނު ކައުންސިލް އިދާރާ
on
11:30 PM
Rating:
5
No comments: