ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން

ރައްޔިތުންގެ ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރުމަށްޓަކައި މިއިދާރާއިން ކުރި ނަމްބަރ (IUL)311/311/2019/30 (13 މެއި 2019) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލެމެވެ. މިގަސްތައް ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ކަންކަމަށްބަލާ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތަކާއި މިއިދާރާއާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

ވީމާ، ރައްޔިތުންގެ ކަށިކެޔޮގަސްތައް 1 އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން 22 މެއި 2019 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ޙާޟިރުވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަން ވާނެއެވެ. ސިޓީއުރައިގެ ބޭރުގައި "ކަށިކެޔޮގަސްތައް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އެންމެފަހުން ކަށިކެޔޮގަސްތައް ކުއްޔަށް ދޫކުރެވިފައިވާ ކުއްޔަކީ 1 އަހަރުގެ މުއްދަތަށް -/1600 (އެއްހާސް ހަސަތޭކަ ރުފިޔާ) އެވެ.

މިކަމަށް އެދި ހުށަހަޅާ ސިޓީގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
1. ކަށިކެޔޮގަސްތައް ޙަވާލުވުމަށް ހުށަހަޅާކުލި:
2. ކަށިކެޔޮގަސް ދިރުވާ އާލާކުރުމަށް ކުރާނެ މަސައްކަތުގެ ތަފްޞީލް:
3. ކަށިކެޔޮގަސްތަކުން ލިބޭ ތަކެތި ބޭނުންކުރުމުގައި ރަށުގެ ރައްޔިތުންނަށް އިސްކަންދޭނެ މިންވަރާއި ކުރާނެ ފައިދާ:

ހުށަހަޅާހުށަހެޅުންތަކަށް މާކުސްދެވޭނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
• ކުއްޔަށް: %60
• ކަށިކެޔޮގަސްތައް ދިރުވާ އާލާކުރުމަށް ހުށަހަޅާ ހުށަހެޅުން: %25
• ކަށިކެޔޮގަހުން ލިބޭތަކެތި ބޭނުންކުރުމުގައި ރައްޔިތުންނަށް އިސްކަންދޭ މިންވަރަށް: %15


ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ކުއްޔަށް ދޫކުރުން Reviewed by ފައިނު ކައުންސިލް އިދާރާ on 11:39 PM Rating: 5

No comments:

Powered by Blogger.