ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަހަރުގެ ފިޠުރު ޒަކާތް މިރަމަޟާން މަހުގެ 02 ވާ އަންގާރަ ދުވަހުން ފެށިގެން 28 ރަމަޟާން 1440 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން މެންދުރު 12:30 އަށް މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޢާއްމުކޮށް ކައިއުޅުނު ހަނޑުލުގެ އަގަށް ބައްލަވައިގެންނެވެ. ހަނޑުލުން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލެވެ. ފައިސާއިން ދައްކަވާނަމަ، އާދައިގެ ހަނޑުލަށް ދައްކަވާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ -/12 ( ބާރަ ރުފިޔާ ) އެވެ. ބާސްމަތީ ހަނޑުލަށް ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ހަނޑުލަށްވާ -/48 ( ސާޅީސް އަށްރުފިޔާ ) އެވެ. އަދި އާދައިގެ ފުށުން ދައްކަވާ ނަމަ ދައްކަވާނީ 2.4 ކިލޯ ފުށުގެ އަގަށްވާ 60/9 ( ނުވަރުފިޔާ/ ފަސްދޮޅަސްލާރި ) އެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.


ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ Reviewed by ފައިނު ކައުންސިލް އިދާރާ on 11:56 PM Rating: 5

No comments:

Powered by Blogger.