ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ސްކީމާއި ބެހޭ

އާސަންދަ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދޭ ސްކީމް 01 ޖަނަވަރީ 2019 ން ފެށިގެން ތަޢާރަފް ކުރުމަށްވަނީ ހަމަޖެހިފައިކަމަށާއި، މިހާރު އާސަންދަ ސްކީމް މެދުވެރިކޮށް ލިބެންހުންނަ ތެރަޕިއުޓިކް ޚިދުމަތްތައް އަލަށް ތަޢާރަފްކުރެވޭ ސްކީމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނޭ ކަމަށާއި، މި ސްކީމްގެ ދަށުން އެހީ ފޯރުކޮށްދެވޭނީ ޤާނޫނު ނަމްބަރ 2010/8 ( ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ) ގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފަރުވާއަށް ތެރަޕިއުޓިކް ޚިދުމަތް ބޭނުންވާ ފަރާތްތަކުން ތެރަޕިއުޓިކް ފަރުވާ ބޭނުންވާކަމަށް ކަމާއި ގުޅޭ ޑޮކުޓަރެއް ދެއްވާފައިވާ ލިޔުމާއި، އެދަފަ ތެރަޕިއުޓިކް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްގެ ކޯޓޭޝަންގެ އިތުރުން އެހީއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީއަށް ހުށަހެޅުއްވުމުން އެހީ ހަމަޖެހިގެންދާނޭކަމުގައި އެއެޖެންސީން ވަނީ އަންގަވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕއުޓިކް ޚިދުމަތްތަކަށް އެދޭ ފޯމް ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގެ ކައުންޓަރުންނާއި، އަދި އެއެޖެންސީގެ (http://www.nspa.gov.mv/dh/ehee-ah-edhey-form) ވެބްސައިޓުން އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ކައުންޓަރުންނާއި، ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގެ ކައުންޓަރުންނާއި، އާސަންދަ ކޮންޕެނީގެ ކައުންޓަރުން އަދި ކައުންސިލް އިދާރާތަކުންނެވެ. މީގެ އިތުރުން ނޭޝަނަލް ސޯސަލް ޕްރޮޓެކުޝަން އެޖެންސީގެ އީމެއިލް (info@nspa.gov.mv) މެދުވެރިކޮށް ހުށަހަޅުއްވާ ފޯމްތައްވެސް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ރަސްމީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8:00 ން މެންދުރުފަހު 14:00 އަށް 1402 ނަމްބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ސްކީމާއި ބެހޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ސްކީމާއި ބެހޭ Reviewed by އިބްރާހީމް ފަހީމް on 7:39 AM Rating: 5

No comments:

Powered by Blogger.