skip to main |
skip to sidebar
މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމަވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް ފައިނުގައި ފެށިއްޖެއެވެ.
މިޕްރޮގްރާމް ފެށިފައިވަނީ 13 ޖަނަވަރީ 2019 ވީ އާދިއްތަ ދުވަހުއެވެ. ފައިނު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙްގައި ކުރިޔަށްދާ މިކުލާސްތަކުގައި ޖުމުލަ 6 ކުލާހަކަށް ބަހާލައިގެން ކިޔަވައިދިނުން ކުރިޔަށް ގެންދެވެމުންދެއެވެ. އެއީ ހިފްޘްކޮށް ކިޔަވައިދޭ 2 ކުލާހާއި ހަތިމްކުރާ 2 ކުލާހަކާއި އަދި އަކުރު ދަސްކުރާ 2 ކުލާހެވެ. މިކުލާސްތަކުގައި ކިޔަވައިދެއްވަނީ މަސްޖިދުލް ފަލާޙްގެ ޢިމާމް އަލްފާޟިލް އަޙުމަދު ޢުމަރު މަނިކެވެ.
ތިރީގައި އެވަނީ ޤުރުއާން ކުލާސްތައް ކުރިޔަށްދާނެ ގޮތުގެ ތާވަލާއި، ކުލާސްތައް ބަހާލެވިފައިވާ ގޮތުގެ ލިސްޓެވެ.
މިސްކިތު ޤުރުއާން ކުލާސްތައް ފެށިގެން ކުރިޔަށްދަނީ
Reviewed by
ފައިނު ކައުންސިލް އިދާރާ
on
12:19 AM
Rating:
5
No comments: