skip to main  |
        skip to sidebar
މިރަށު ހުކުރު މިސްކިތުގެ އިމާމާއި މަސައްކަތު މީހުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަޝްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމުކަމާއި މަސައްކަތު މީހުންގެ މަޝްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވެގެންކުރި ނަމްބަރ 
(IUL)311/311/2018/50
ގެ އިޢުލާނަށް މުއްދަތު ހަމަވިއިރު ކުރިމަތިލާފާވަނީ އެންމެފަރާތަކުން ކަމުގައިވާތީވެ އަލުން އެކަމަށްއެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތައް އެކަށީގެންވާ ފަރާތްތައް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތު ދެމުންގެންދެވޭނެއެވެ. މިމަސައްކަތްކުރާ ފަރާތްތަކަށް ކުރިންދެމުން އައި އުޖޫރަ 01 އޮކްޓޫބަރ 2018 އިން ފެށިގެން ބޮޑުކޮށް ތިރީގައި އެވާގޮތުގެމަތިން އުޖޫރަ ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު / މުދިމް ކަމުގެ ސަނަދު / ސެޓްފިކެޓް ލިބިފައިވާ ނުވަތަ އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤްރުއާން ކިޔަވަން އެނގޭ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަޝްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތްތަކަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށްވާންޖެހޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުން މިސްކިތުގައި މަސައްކަތް ކުރައްވާ ދުވަސްތަކަށް ދުވާލަކަށް ދެމުންއައި -/100 ރުފިޔާގެ ބަދަލުގައި ފައިސާ ދެވޭނީވެސް ތިރީގައިވާ ގޮތަށެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 28 އޮކްޓޫބަރ 2018 ވާ އާދިއްތަ ދުވަހުގެ 12:00 ގެކުރިން ސިޓީއަކުން އެކަން މިއިދާރާއަށް އަންގަވައިދެއްވުންއެދެމެވެ.
ޢިމާމް ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް) 61 ރުފިޔާ
މުދިމު ސަނަދު ނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް) 53 ރުފިޔާ
މަސައްކަތު  45 ރުފިޔާ
 
ވޭޖު / ކޮންޓްރެކްޓް އުޞޫލުން މިސްކިތު މުދިމުކަމާއި މަސައްކަތު ވަޒީފާ އަދާ ކޮށްދޭނެ ފަރާތެއް ހޯދުން 2
 
        Reviewed by 
ފައިނު ކައުންސިލް އިދާރާ
        on 
        
8:07 PM
 
        Rating: 
5
 
 
 
 
 
            
          
 
 
 
 
 
No comments: