ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ދަނޑުވެރިކަމާއި ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރައްވައިފި


ދަނޑުވެރިންނަށް ދަނޑު ދޫކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް 5 ފެބްރުއަރީ 2018 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވައިފިއެވެ. 
 މިބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދަނޑު ދޫކުރުމުގައި ގެންގުޅޭ އުޞޫލު ރައްޔިތުންނަށް ޙިއްސާ ކުރުމާއި މިއަހަރުވެސް ދަނޑުވެރިންނަށް ހެޔޮއަގުގައި ގަސްކާނާއާއި ބޭސް ފޯރުކޮށްދިނުމާއި މެދު ގޮތެއް ނިންމުމެވެ. 

މިބައްދަލުވުމުގައި އެންމެ ފުރަތަމަ އޮތީ، ދަނޑު ދޫކުރުމަށް އެކުލަވާލެވިފައިވާ އުޞޫލު ރައްޔިތުންނާއި ޙިއްސާ ކުރުމެވެ. އަދި އެއުޞޫލުގައި ހުރި ކަންބޮޑުވުންތަކަށް ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވުނެވެ. އަދި ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ކަންކަން އުޞޫލް ފައިނަލްވާއިރު ރިޔާޢަތް ކުރުމަށްޓަކައި ނޯޓް ކުރެވުނެވެ.  މިކަމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު ބައްދަލުވުމުން ނިންމާފައިވަނީ އުޞޫލަށް ހުށަހެޅުނު އިސްލާޙްތައް ކަމާއިގުޅޭ ކޮމެޓީއަށް ހުށަހަޅާ އިސްލާޙް ކުރުމަށްފަހު ވީއެންމެ އަވަހަކަށް ރައްޔިތުންނާއި ޙިއްސާ ކުރުމަށެވެ. 

ބައްދަލުވުމުގެ ދެވަނަ ނަމްބަރެއްގެ ގޮތުގައި ދެން މަޝްވަރާ ކުރެވުނީ ކައުންސިލުން މިއަހަރުވެސް ހެޔޮއަގުގައި ގަސްކާނާއާއި ބޭސް ގެނެސް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުންނެވެ. މިކަމުގައި ރައްޔިތުންގެމެދުން ނިންމަވާފައިވަނީ ފާއިތުވި އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ކައުންސިލުން ހެޔޮއަގެއްގައި ގެނައުމަށް ފެންނަކަމަށެވެ. 

ދަނޑުވެރިކަމާއި ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރައްވައިފި ދަނޑުވެރިކަމާއި ގުޅޭގޮތުން ކައުންސިލުން ރައްޔިތުންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 10:41 PM Rating: 5

No comments:

Powered by Blogger.