ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފި


ކައުންސިލުން ރަށުގެ ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ. 

9 އޮކްޓޯބަރ 2017 ވީ ހޯމަ ދުވަހުގެ ރޭ ބޭއްވުނު މިބައްދަލުވުމުގެ ބޭނުމަކީ ރަށުގައި ސަރުކާރުން ހައްދަވައިދެއްވާފައިވާ ބަނދަރު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާތީ އެރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. 
ޓާސްކްފޯސްގެ މެންބަރު ޕްރިންސިޕަލް މުޙައްމަދު ވަސީމް ވާހަކަފުޅުދައްކަވަނީ

ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ކަންކަން ރޭވުމަށް އެކުލަވާލެވިފައިވާ ޓާސްކްފޯސްގެ މެންބަރުން ހިމެނިވަޑައިގަންނަވާގޮތަށް ބޭއްވުނު މިބައްދަލުވުމުގައި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތު ފިރިހެން ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުވުމުގައި ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު ރިޔާސަތުން ހުށަހަހެޅުއްވިއެވެ. އަދި ރަސްމިއްޔާތު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މީގެކުރިންވެސް މިރަސްމިއްޔާތު ބޭއްވުމަށް ރޭވުނު ގޮތަށްކަމަށާއި އެހެންކަމުން ގިނަ މަސައްކަތްތަކެއް މިހާރު ނިމިފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ. އަދި ރޭވިފައިވާ ބައެއް ކަންކަން ކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި ބައްދަލުވުމުގައި ވަގުތުކޮޅެއް ހުސްކުރެވުނެވެ. 
ރައްޔިތުންގެ ގިނަ ބަޔަކު މިބައްދަލުވުމުގައި ބައިވެރިވެލެއްވި

މިބައްދަލުވުން ނިންމަވާލެއްވީ، ކުރިޔެކޭވެސް އެއްފަދައިން މިފަހަރުވެސް މިރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަ ކުރުމަށް ރަށުގެ އެންމެހާ ބޭފުޅުން ފޯރީގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރުމަށްފަހުއެވެ. 

ކައުންސިލުން ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފި ކައުންސިލުން ރައްޔިތު ފިރިހެން ބޭފުޅުންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 9:07 PM Rating: 5
Powered by Blogger.