ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފި


ފައިނުގައި ސަރުކާރުން ހައްދަވައިދެއްވި ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމުގެ ގޮތުން ރަށުގެ އަންހެން ކަނބަލުންނާއި ކައުންސިލުން މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ މިއަދު ހެނދުނު 10:00 ގައި ފައިނު ކައުންސިލް އިދާރާ ކުރިމަތީއެވެ. ގިނަ ޢަދަދެއްގެ އަންހެން ކަނބަލުން ބައިވެރިވެލެއްވި މިބައްދަލުވުމުގައި ރަސްމިއްޔާތުގެ ކަންކަން އިންތިޒާމް ކުރުމަށް އެކުލަވާލެވިފައިވާ ޓާސްކްފޯސްގެ ބައެއް މެންބަރުން ބައިވެރިވެލެއްވިއެވެ. މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ރަށުތެރެ ޒީނަތްތެރި ކުރުމާއި ފަރީއްކޮޅު ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ގުރޫޕްތަކަކަށް އަންހެން ކަނބަލުން ބަހާލުމާއި ގުޅޭގޮތުންނެވެ. 


ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފި ކައުންސިލުން ރަށުގެ އަންހެން ކަނބަލުންނާއި ބައްދަލު ކުރައްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:28 AM Rating: 5
Powered by Blogger.