ކައުންސިލަށް ލަފާދޭ ކޮމެޓީއަށް އަންހެނުންގެ ފަރާތުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުު ކުރުމަށާއި، އެނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި ޢުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން، ކައުންސިލަށް ލަފާދޭ ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އުފެއްދުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ ނިންމަވާފައެވެ. މިގޮތުން އައްޔަންކުރެވޭ މެންބަރަކީ ވަކި އުޖޫރައެއް ދޭގޮތަށް ހަމަޖެހިފައިވާ މެންބަރެއް ނޫނެއެވެ. މެންބަރުން އައްޔަން ކުރުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވަނީ 1 ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ ތަޢުލީމާއި ތަޖުރިބާގެ ގޮތުން އެންމެ ޤާބިލް ބޭފުޅަކު އައްޔަން ކުރުމެވެ. ތަޢުލީމާއި ތަޖުރިބާގެ ގޮތުން އެއްވަރު އެކަކަށްވުރެ ގިނަ ބޭފުޅުން ހުށަހަޅުއްވައިފިނަމަ އެބޭފުޅަކު ހޮވާނީ ގުރުއަތު ލައިގެނެވެ.
ވީމާ، އާންމު ރައްޔިތުންގެ އަންހެނުންގެ ތެރެއިން ކައުންސިލަށް ލަފާދޭ ކޮމެޓީގަައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 03 އޮކްޓޯބަރ 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ.
ނަންބަރު: (IUL)311/311/2017/39
ކައުންސިލަށް ލަފާދޭ ކޮމެޓީއަށް އަންހެނުންގެ ފަރާތުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
Reviewed by ފައިނު ކައުންސިލް އިދާރާ
on
3:21 AM
Rating: