ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ނިޔަމިކަމުގެ ސަނަދު 2 ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގެ ކޯސްޓްގާޑްއާއި، މިކައުންސިލް ގުޅިގެން މިރަށުގައި ނިޔަމިކަމުގެ ސަނަދު 2 ކޯހެއް ހިންގުމަށް ގަސްދުކުރަމެވެ. މިކޯހުގެ މުއްދަތަކީ 5 ދުވަހެވެ. މިކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2017 އޮކްޓޯބަރ 14 ވާ ހޮނިހިރު ދުވަހުއެވެ. މިކޯހަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރާ ހުރިހާ އުޅަނދުފަހަރެއްގެ ތެރެއިން "ބީ" "ސީ" އަދި "ޑީ" ކެޓަގަރީގައި ދަތުރުކުރާ ލޯކަލް އުޅަނދުފަހަރުގެ ބޯޓް ކެޕްޓަނުންނަށާއި، ފަޅުވެރިންނަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން ދޫކުރާ ސެޓްފިކެޓަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުން ލައިސަންސް ލިބޭނެއެވެ. 

މިކޯހަކީ ހިލޭ ހިންގޭ ކޯހެކެވެ. ނަމަވެސް، ތިރީގައި މިދަންނަވާ ބައެއް ތަކެތި ގަތުމަކީ ކޯހުގެ ބައިވެރިން ކުރަންޖެހޭނެ ކަމެކެވެ. އަދި މީގެ އިތުރުން ކޯސް ހިންގުމަށް ދުރުވާ މުދައްރިސުންގެ ހުރުމާއި ކެއުން ބައިވެރިންގެ މެދުގައި ހަމަހަމަ އުޞޫލަކުން ބަހާލެވޭނެއެވެ. 

ބައިވެރިން ހޯދަންޖެހޭ ތަކެތި:
ޗާޓް ގަތުމަށް 100 (ސަތޭކަރުފިޔާ)
ފަރުގާލުފޮށި، ފަންސޫރު
ގަލަން، ފުހޭރަބަރު
ފަންސުރުޖަހާ ދަތި، ލިޔާނެ ފޮތެއް
އާދައިގެ ކަލްކިއުލޭޓަރެއް

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2017 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއިދާރާއަށް ޙާޟިރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވަން ވަޑައިގަންނަވާއިރު، އައިޑީކާޑްގެ ކޮޕީއަކާއި، ނެގިފަހުން 3 މަސް ހަމަނުވާ ޕާސްޕޯޓްސައިޒްގެ ފޮޓޯއެއް ގެންނެވުން އެދެމެވެ. މިކޯހުގެ ބައިވެރިންގެ ޖާގައަކީ 30 ބައިވެރިންނެވެ. މިކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6580072 އާއި ގުޅުއްވުން އެދެމެވެ.


ނަންބަރު: (IUL)311/311/2017/40
ނިޔަމިކަމުގެ ސަނަދު 2 ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން ނިޔަމިކަމުގެ ސަނަދު 2 ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން Reviewed by ފައިނު ކައުންސިލް އިދާރާ on 2:47 AM Rating: 5
Powered by Blogger.