ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރަށުގެ ހޭޅިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި



ކޯސްޓަލް ކްލީންއަޕްޑޭ ފާހަގަ ކުރުމަށް މިހިނގާ ސެޕްޓެމްބަރ 16 އިން ފެށިގެން 1 ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދާ ޙަރަކާތުގެ
 ދަށުން ފައިނުގެ ގޮނޑުދޮށާއި ހޭރިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

ހެނދުނު 7:30 ގައި ފެށުނު މިޙަރަކާތް ފެށިފައިވަނީ ބަނދަރު ސަރަޙައްދުންނެވެ. މިޕްރޮގްރާމްގައި ރަށުގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލްގެ ދަރިވަރުންނާއި އަދި އާންމު ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރި ވެފައިވެއެވެ. މިޙަރަކާތުގެ ދަށުން ރަށުގެ ވަށައިގެން އެކި ހިސާބުތަކުގައި ހުރި ޕްލާސްޓިކް އަދި ބިއްލޫރި ފުޅިއާއި ދަޅު ގިނަ ޢަދަދަކަށް ނެގިފައިވާއިރު މިމަސައްކަތް ކުރެވިފައިވަނީ 2 ގުރޫޕަކަށް ބަހާލެވިގެނެވެ.


މިހަރަކާތުގައި ނެގުނު ކުނި ކުނިކޮށްޓަށް ގެންދެވިފައިވާއިރު ޙަރަކާތް ނިންމާލެވުނީ ބަނދަރު ސަރަޙައްދުގައި ބައިވެރިނަށް ބޭއްވުނު ފިނިހިއްޕެވުމަކުންނެވެ.









ރަށުގެ ހޭޅިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި ރަށުގެ ހޭޅިފަށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފި Reviewed by ފައިނު ކައުންސިލް އިދާރާ on 12:13 AM Rating: 5
Powered by Blogger.