ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ޖުލައި މަހު ބޭއްވުމަށް ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ޖަލްސާ ރޭ ބާއްވައިފި

ކައުންސިލުން ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. 
މިބައްދަލުވުން އޮތީ 30 ޖުލައި 2017 ވަނަ ދުވަހުގެ ރޭގަނޑު 8:45 ގައި ފައިނު ސްކޫލްގައެވެ. މިޖަލްސާއަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލުން ބާއްވަން ލާޒިމް ކުރާ ޖަލްސާތަކުގެ ތެރެއިން ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމެވެ. 

މިބައްދަލުވުމުގެ ބޭނުމަކީ މިހިނގާ 2017 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގެ ރިޕޯޓް ރައްޔިތުންނާއި ޙިއްސާކުރުމާއި، ކުރިޔަށް އޮތް 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލު ޙިއްސާ ކުރުމާއި ބަޖެޓް ތައްޔާރު ކުރުމަށް ބޭނުންވާ ޙިޔާލާއި މަޝްވަރާ ހޯދުމެވެ. 

މިޖަލްސާ ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޖަލްސާގެ ތަޢާރަފެއް ދެއްވީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް ޙުސައިންއެވެ. އިބްރާހީމް ޙުސައިންގެ ވާހަކަފުޅުގައި، މިބައްދަލުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް ކުރިޔަށްދިޔަ ގޮތުގެ ޚުލާސާއެއް ދެއްވެވިއެވެ. އަދި ޖަލްސާ ކުރިޔަށް ދާނެގޮތުގެ އެޖެންޑާ ރައްޔިތުންނާއި ޙިއްސާ ކުރެއްވިއެވެ. 

ޖަލްސާގައި ދެން އޮތީ، ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ރައްޔިތުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކެވުމެވެ. ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުގެ ވާހަކަފުޅުގައި، އެންމެ އިސްކަމެއްގެ ގޮތުގައި، މިޖަލްސާއަކީ ކައުންސިލް އިންތިޚާބަށްފަހު ރައްޔިތުންނާއި ބައްދަލުކުރެވޭ ފުރަތަމަ ޖަލްސާ ކަމަށްވާތީވެ، ކައުންސިލަށް އިތުބާރު ކުރައްވާ ރަށަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ދެއްވެވި ކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާ ކުރެއްވިއެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން ފަސްވެގެން ދިޔުމުން، ކައުންސިލްގެ މަސައްކަތްތައް އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ނުދިޔަކަންވެސް ފާހަގަ ކުރެއްވިއެވެ. 

ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުގެ ވާހަކަފުޅަށްފަހު ދެންއޮތީ، ފާއިތުވި 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ޙިއްސާ ކުރުމެވެ. މިރިޕޯޓްގެ ޕްރެޒެންޓޭޝަން ޙިއްސާ ކޮށްދެއްވީ އ. ޕްރޮޖެކްޓް އޮފިސަރ އިބްރާހީމް ފަހީމްއެވެ. އަދި އެއަށްފަހު 2018 ވަނަ އަހަރަށް ތައްޔާރު ކުރެވިފައިވާ މަސައްކަތު ތާވަލު ކައުންސިލްގެ ރައީސް ޙިއްސާ ކުރެއްވިއެވެ. އަދި މަސައްކަތު ތާވަލާއި 6 މަހުގެ ރިޕޯޓާއި ގުޅޭގޮތުން ސުވާލެއް ނުވަތަ ޙިޔާލެއް އޮތްނަމަ އެކަމެއް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވުނެވެ. ރައްޔިތުންގެ ފަރާތުން ހުށަހެޅުނު ސުވާލުތަކަށް ކައުންސިލްގެ ފަރާތުންނާއި އިދާރީގޮތުން ޖަވާބުދާރީވެލެއްވިއެވެ. 

ޖަލްސާ ނިމިގެންދިޔައީ ރައްޔިތުންނަށް އެރުވުނު ބިލެއްމީރުކޮށްލުމަކުންނެވެ.

ޖުލައި މަހު ބޭއްވުމަށް ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ޖަލްސާ ރޭ ބާއްވައިފި ޖުލައި މަހު ބޭއްވުމަށް ޤާނޫނުން ލާޒިމްކުރާ ރައްޔިތުންގެ ޖަލްސާ ރޭ ބާއްވައިފި Reviewed by ފައިނު ކައުންސިލް އިދާރާ on 10:14 PM Rating: 5
Powered by Blogger.