ޞަފްޙާތައް
ކައުންސިލްގެ ހިދުމަތެއް ހޯދާނެގޮތް ސާފުކުރުމަށް ކްލިކް ކުރައްވާ

ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއަށް އެރުވޭ ދަޢުވަތު

ކުރިޔަށްއޮތް 2018 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލާއި، ބަޖެޓް ތައްޔާރުކުރުމާއިބެހޭގޮތުންނާއި މި 2017 ވަނަ އަހަރުގެ ފުރަތަމަ
6 މަސްދުވަހުގެ ރިޕޯޓް ރަށުގެ ރައްޔިތުންނާއި ޙިއްޞާކުރުމުގެ ގޮތުން ބާއްވާ ޖަލްސާ 30 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެރޭ 21:00 ގައި ފައިނު ސްކޫލް ހޯލްގައި ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ކުރިޔަށްއޮތް އަހަރު ރައްޔިތުންގެގޮތުން ކުރެވޭނެ ކަންތައްތަކާއި ކައުންސިލްގެ ބަޖެޓްގެތެރެއިން ކުރާނެކަންތައްތަކެއް ކަޑައެޅުމާއިބެހޭގޮތުން މަޝްވަރާކުރުން އޮންނާނެއެވެ. އެހެންކަމުން ރަށުގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން ވާހާ ގިނަ ބޭފުޅުން މިޖަލްސާގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކެމެވެ.  

ވީމާ، މިޖަލްސާއަށް ރަށުގެ ހުރިހާ ލޮބުވެތި ރައްޔިތު ފިރިހެން ބޭފުޅުންނާއި އަންހެން ބޭކަނބަލުން ވަޑައިގެން ދެއްވުންއެދި ދެންނެވީމެވެ.


ނަންބަރު: (IUL)311/311/2017/30

ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއަށް އެރުވޭ ދަޢުވަތު ރަށުގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމުގެ ޖަލްސާއަށް އެރުވޭ ދަޢުވަތު Reviewed by ފައިނު ކައުންސިލް އިދާރާ on 1:54 AM Rating: 5
Powered by Blogger.